ސިލްސިލާ ކޮށް ފުލުހުންނަށް ދެމުންގެންދާ ހަމަލާތައް ހުއްޓުވޭނެ ގޮތަކަށް ދައުލަތުގެ މުއައްސަސާތަކުން އަޅަންޖެހޭ ފިޔަވަޅުތައް ވަގުތުން ވަގުތަށް އަޅައިދިނުމަށް ޖޭޕީގެ ޕާޓީގެ ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ޖޭޕީގެ ނޫނު ދަތުރުގައި މަނަދޫގައި ބޭއްވި ޖަލްސާގައި މިރޭ ވާހަކަފުޅު ދައްކަވަމުންނެވެ،
ސައިކަލަކުން ޖައްސާ ރޭ އެކްސިޑެންޓް ކޮށްލުމުން ލިބުނު ޒަހަމްތަކަށް ފަރުވާދެމުންދަނިކޮށް ކޮންސްޓަބަލް މިސްބާހު އަބްދުﷲ މަރުވި ހާދިސާއަށް އިޝާރަތް ކުރައްވާ ގާސިމް ވިދާޅުވީ އެ ހާދިސާ ކުށްވެރި ކުރައްވާ ކަމަށާއި މިސްބާހުގެ އާއިލާއަށް ކެތްތެރި ކަމަށް އެދިވަޑައިގަންނަވާ ކަމަށާއި
އެހާދިސާ ރަނގަޅަށް ތަހުގީގުކޮށް ކުށްވެރިން އިންސާފުގެ ކުރިމައްޗަށް ގެންދިއުމަށްވެސް ގޮވާލެއްވި އެވެ.
އެމަނިކުފާނު ވިދާޅުވީ މިހާރަކަށް އައިސް ދިވެހި ފުލުހުންނަށް ސިލްސިލާ ކޮށް ދޭ ހަމަލާތައް އިތުރުވަމުންދާ ކަމަށާ، އެއީ ގުޅުންހުރި މުއައްސަސާތަކުން ވިސްނާ ފިޔަވަޅު އަޅަންޖެހޭ މައްސަލައެއް ކަމަށެވެ.
ޑިމޮކްރަސީގެ ހަމަތަކާއި އުސޫލުތައް ދިވެހިން ބަލައިގެންފައިވާ ކަމަށާ، ނަމަވެސް ރާއްޖޭގެ ބައެއް ސަރަހައްދުތަކުން އެމަނިކުފާނު ހިތާމަކުރައްވާ ބައެއް މަންޒަރުތައް ފެނިވަޑައިގަންނަވާ ކަމަށް އިޝާރާތް ކުރައްވާ ގާސިމް ވިދާޅުވީ ޑިމޮކްރަސީއެއްގައި އެމީހަކު ބޭނުންވާ ކޮންމެ ކަމެއް އެދޭ ނުކުރެވޭ ކަމަށެވެ. އަދި ވިދާޅުވީ ތިމާ ބޭނުންވާ ގޮތަށްވުރެ ގިނަ ބަޔަކު ބޭނުންވާ ގޮތަށް ކަންކަން ކުރަން ވިސްނުމަށާއި ޤައުމުގެ ހަމަޖެހުން ގެއްލޭފަދަ އަމަލުތައް ނުކުރުމަށެވެ.
ކުރީގެ ރައީސް ނަޝީދަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުން ޤާސިމް ވިދާޅުވީ ނަޝީދު ވެރިކަމުން ދުރަށް ވަޑައިގަތީ ބަޔަކު ބަޣާވަތެއް ކޮށްގެން ކަމަށް ނަޝީދު ވިދާޅުވި ނަމަވެސް ރާއްޖޭގައި ބަޔަކު ބަޣާވަތެއް ކޮށްފައިވާނަމަ އެ ބަޣާވަތް ކޮށްފައިވަނީ ނަޝީދާ އޭނާގެ އާއިލާއިން ކަން ދިވެހި ތާރީހު ހެކިވާނެ ކަމަށެވެ.
އަދި ރިޔާސީ ކެންޑިޑޭޓުގެ ގޮތުގައި ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ނަޝީދު ނިކުމެވަޑައިގެން އުޅުއްވަނީ ވެރިކަން ކުރެއްވުމުގެ ބޭނުމުގައި ނޫން ކަމަށާ، ނަޝީދު މަސައްކަތް ކުރައްވަނީ ރާއްޖެ ހަލާކުގެ ތެރެއަށް ގެންދަން ކަމަށެވެ.
ފުލުހުންނަށް ދޭ ހަމަލަތައް ހުއްޓުވައި ފިޔަވަޅު އަޅަން ގާސިމް ގޮވާލައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ