ރިޔާސީ ބަޔާން އިއްވާ ދުވަހު ސަރުކާރު ބަންދެއް ނުވާނެ: ރައީސް އޮފީސް

ރައީސް އަބްދުﷲ ޔާމީންގެ ފުރަތަމަ ރިޔާސީ ބަޔާން އިއްވާ، އަންނަ ހޯމަ ދުވަހު ސަރުކާރު ބަންދު ނުވާނެ ކަމަށް ރައީސް އޮފީހުން މ ި އ ަ ދ ު ބުނެފި އެވެ. ރައީސް އޮފީހުން ބުނިގޮތުގައި ރިޔާސީ ބަޔާން އިއްވާ ދުވަސް އެހެން އަހަރުތަކުގައި ބަންދު ނަމަވެސް މިފަހަރު އެ ދުވަސް ބަންދުނުކުރާ ގޮތަށް ރައީސް އަބްދުﷲ ޔާމީން ވަނީ ހަމަޖައްސަވައިފަ އެވެ. ގާނޫނު އަސާސީގެ 84 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގައި، ކޮންމެ އަހަރެއްގެ މަޖިލީހުގެ ފުރަތަމަ ޖަލްސާގައި ގައުމުގެ ހާލަތު ބަޔާންކޮށްދީ އަދި ގައުމުގެ ހާލަތު އިތުރަށް ރަނގަޅު ކުރަންޖެހޭ ކަމަށް ރައީސަށް ފެނިވަޑައިގަންނަވާ ކަންކަމުގެ މައްޗަށް ބަޔާނެއް ހުށަހަޅުއްވަންޖެހެ އެވެ. މި ޖަލްސާގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އިތުރުން މެހްމާނުންގެ ގޮތުގައި ދައުލަތުގެ ވެރިންނާއި ބޭރު ގައުމުތަކުގެ ސަފީރުން ބައިވެރިވެވަޑައިގަންނަވާނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ