241 ކޮމިޓީ ގައި އަނެއްކާވެސް މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ ހިމަނައިފިއެވެ. .
މިއަދުގެ މަޖިލީސް ފައްޓަވައިދެއްވާ ރިޔާސަތުން އަންގާ އެނގުންތައް އިއުލާންކޮށްދެއްވަމުން މަޖިލީހުގެ ނާއިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވިދާޅުވީ 241 ކޮމެޓީގައި އިންނެވި ހުޅުދޫ ދާއިރާގެ މެމްބަރު އިލިޔާސް ލަބީބް މިދިޔަ ބުރާސްފަތި ދުވަހު ކޮމެޓީން ވަކިވެވަޑައިގަތުމާ ގުޅިގެން އެ ކޮމިޓީއަށް މެމްބަރު އިމްތިޔާޒް އައްޔަން ކުރައްވާފައިވާ ކަމަށެވެ. މިއީ މެމްބަރު އިމްތިޔާޒް 241 ކޮމިޓީގައި ހިމެނި ދެވަނަ ފަހަރެވެ.
ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް މެއި މަހުގެ ހަވަނަ ދުވަހުގެ ރޭ ދިން ބޮމުގެ ހަމަލާއާ ގުޅިގެން މަޖިލީހުގެ 241 ކޮމިޓީން އިންކުއަރީއެއް ހިންގަމުންދާ އިރު މީގެ ކުރިން އިމްތިޔާޒް ވަނީ އެ ކޮމެޓީގެ މަސައްކަތްތަކަށް ވަރަށް ބޮޑަށް ފާޑުވެސް ވިދާޅުވެފަ އެވެ. އަދި ސަރުކާރުން އެ އިންކުއަރީއަށް ހުރަސް އަޅާ ކަމަށްވެސް އޭނާ ދެކެވަޑައިގަންނަވައެވެ.
އެހެންނަމަވެސް ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ކޮމިޓީގެ މުގައްރިރު އަދި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ގެންދަވަނީ އެ ތުހުމަތުތައް ދޮގު ކުރައްވަމުންނެވެ.
241 ކޮމެޓީން ވަކިވެވަޑައިގަތުމަށް ފަހު މެމްބަރު އިލްޔާސް ލަބީބު ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށްދިން ބޮމުގެ ހަމަލާގައި އެމަނިކުފާނުގެ ސެކިއުރިޓީ ބްރީޗްވި ގޮތް ބެލުމަށް މަޖިލީހުން ކުރިއަށްގެންދާ ޕާލިމެންޓަރީ އިންކުއަރީއަށް ހުޅުދޫ ދާއިރާގެ މެމްމަބަރު އިލިޔާސް ލަބީބް ވަނީ ބަޔާންވެސް ދެއްވާފައެވެ.
241 ކޮމެޓީގައި ދެވަނަ ފަހަރަށް މެމްބަރު އިމްތިޔާޒް ހިމަނައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ