ވަޒީރަކާ މެދު ނެގޭ ނޯ ކޮންފިޑެންސް ވޯޓަކީ ސަރުކާރާ މެދު ވެސް ނެގޭ ނޯ ކޮންފިޑެންސް ވޯޓެއް ކަމަށް ކުރީގެ ބަންޑާރަ ނައިބު ފާޠިމަތު ދިޔާނާ ސަޢީދު ވިދާޅުވެއްޖެއެވެ.
ދިޔާނާ މިހެން ވިދާޅުވެފައިވަނީ ކުރީގެ ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުޙައްމަދު މަލީޙް ޖަމާލުގެ އިތުބާރު ނެތްކަމަށް ރައްޔިތުންގެ މަޖިލީހުން ވޯޓު ނަގައި މަޤާމުން ވަކިކުރި މައްސަލައަށް އިޝާރާތް ކުރައްވައެވެ.
އެކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ކަންތައް ކުރެއްވި ގޮތް ވަރަށް ހުތުރު ކަމަށް ދިޔާނާ ވިދާޅުވިއެވެ.
ދިޔާނާ ވިދާޅުވީ ވަޒީރު ކަމުނުދާނަމަ ވަކި ކުރައްވަން ވާނީ ރީތިކޮށް ކަމަށެވެ. އަދި މަޖިލީހުން ނޮޅަން ދޫކޮށްލައިގެން ނުވާނެ ކަމަށްވެސް ވިދާޅުވިއެވެ.
ދިޔާނާ ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާގެ މެޖޯރިޓީ ރައްޔިތުންގެ މަޖިލީހުގައި އޮވެ، ރައީސުލްޖުމްހޫރިއްޔާގެ ކެބިނެޓް މެންބަރަކު މަޖިލީހުގެ އޮއިވަރުގައި ތެޅި ފާރުވާން ދޫކޮށްލުމަކީ އުސޫލީ ގޮތުން ދެރަވަރުކަމެއް ކަމަށެވެ.
ރައީސް ނަޝީދުގެ ކެބިނެޓްގައި މަލީޙު އިންނެވި ނަމަ އޭނާ ދިފާޢު ކުރައްވަން ހުރިހާ ގަލެއް ފުރޮޅުވީސްކަން ކަށަވަރު ކަމަށްވެސް ދިޔާނާ ވިދާޅުވިއެވެ.
"ވަޒީރަކާމެދު ނެގޭ ނޯކޮންފިޑެންސް ވޯޓަކީ ސަރުކާރާމެދުވެސް ނެގޭ ނޯ ކޮންފިޑެންސް ވޯޓެއް"
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ