ހަވީރު 4 އިން ހެނދުނު 8 އަށް ކާފިއު ވަގުތު އިތުރު ކޮށްފި

ކޮވިޑް ފެތުރުން ކޮންޓްރޯލް ކުރުމަށް މާލެ ސަރަހއްދުގައި އޮތް ކާފިއު ވަގުތު އިތުރު ކޮށްފިއެވެ.
މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ތަރުަޖމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާލުވީ، މާލޭގައި ކާފިއު ހިންގާ ވަގުތު ހަވީރު 4 އިން ހެނދުނު 8 އަށް ހަމަޖައްސާ ގޮތަށް ނިންމާފައިވާ ކަމަށެވެ. އެ ގޮތުން މި ގޮތަށް އަމަލު ކުރަން ފަށާނީ މާދަމާއިން ފެށިގެން 2 ހަފްތާގެ މުއްދަތަކަށް ކަމަށް މަބްރޫކް ވިދާޅުވިއެވެ.
ކާފިއު ވަގުތު ނޫން ވަގުތު ތަކުގައި ވިޔަސް ބޭރަށް ނުކުމެ އުޅެވޭނީ ފާހެއް އޮވެގެން ކަމަށާއި އެ ގޮތުން ކޮންމެ ގޭބިސީއަކަށް ދެ ފާސް ދޫކުރުމަށް ހަމަޖެހިފައިވާ ކަަމށް މަބްރޫކް ވިދާޅުވިއެވެ.
އިތުރު ތަފްސީލް އަންނަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ