އިއްޔެ މުޅި ރާއްޖޭގައި ކުރިއަށް ގެންދިޔަ ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އިންތިހާބުގެ ވަގުތީ ނަތީޖާ މިއަދު ހަވީރު އިއުލާނު ކުރަަން ފެށޭވަރު ވާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.
އެ ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް އާދަމް މިއަދު ވިދާޅުވީ މިވަގުތު ވެސް ހަތަރު ވޯޓެއް މުޅީން ގުނާ ނިމިފައިނުވާ ކަމަށާއި ހުރިހާ ވޯޓްފޮއްޓެއް ގުނާ ނިމި މަރުކަޒުގައި ނަތީޖާ އިއުލާނު ކުރުމަށް ފަހު ކޮމިޝަނުން ވަގުތީ ނަތީޖާ އިއުލާނު ކުރަން ފަށާނެ ކަމަށެވެ. ޝަރީފް ވިދާޅުވީ މަސައްކަތް ކުރަމުންދަނީ މިއަދު ހަވީރުގެ ވަގުތަށް ފަހު، ވަގުތީ ނަތީޖާ އިއުލާނު ކުރަން ފެށުމަށެވެ.
އިންތިހާބުގައި ވާދަކުރި ކެންޑިޑޭޓުން
އެމްޑީޕީ - 826 ކެންޑިޑޭޓުންޕީޕީއެމް - 647 ކެންޑިޑޭޓުންޖުމްހޫރީ ޕާޓީ - 115 ކެންޑިޑޭޓުންއަދާލަތު ޕާޓީ - 28 ކެންޑިޑޭޓުންއެމްޑީއޭ - 20 ކެންޑިޑޭޓުންއެމްއާރްއެމް - 15 ކެންޑިޑޭޓުންއެމްއެލްއެސްޑީޕީ - 4 ކެންޑިޑޭޓުންޑީއާރުޕީ - 1 ކެންޑިޑޭޓްއަމިއްލަ ގޮތުން - 609 ކެންޑިޑޭޓުން
އަންހެނުންގެ ކޮމެޓީތަކަށް ވާދަކުރި ކެންޑިޑޭޓުން
އެމްޑީޕީ - 650 ކެންޑިޑޭޓުންޕީޕީއެމް - 499 ކެންޑިޑޭޓުންޖުމްހޫރީ ޕާޓީ - 46 ކެންޑިޑޭޓުންއަދާލަތު ޕާޓީ - 25 ކެންޑިޑޭޓުންއެމްޑީއޭ - 19 ކެންޑިޑޭޓުންއެމްއާރްއެމް - 4 ކެންޑިޑޭޓުންއަމިއްލަ ގޮތުން - 427 ކެންޑިޑޭޓުން
"އަޅުގަނޑުމެން މިހާރު މަސައްކަތް ކުރަމުން މިގެންދަނީ އިރުއޮއްސުމުގެ ކުރީން ވަގުތީ ނަތީޖާ އިއުލާނު ކުރަން ފަށަން. އިރާދަ ކުރެއްވިއްޔާ ހަވީރުގެ ވަގުތެއްގައި ވަގުތީ ނަތީޖާ އިއުލާނު ކުރަން ފަށާނެ،" ޝަރީފް ވިދާޅުވި އެވެ.
ޝަރީފް ވިދާޅުވީ މިހާރު ގުނާ ނިމި ވޯޓް މަރުކަޒުގައި ނަތީޖާ އިއުލާނު ކުރެވިފައި ނުވަނީ ގދ ގެ ދެ ފޮއްޓަކާއި މާލޭގައި ބެހެއްޓި ދެ ވޯޓް ފޮއްޓެއް ކަމަށެވެ.
ވަގުތީ ނަތީޖާ އިއުލާނުކުރުން މިއަދު ހަވީރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ