ބަރޮހަށް ވަގަށް އެރި މީހުންގެ ތެރެއިން މަރުވެފައި އޮއްވާ ފެނުނީ ތުރާކުނު ޒުވާނެއް

12:32 ހަތަރު މީހުން ރިސޯޓަށް އަރާ ރިސޯޓުގައި ފައިސާ ހުންނާނެ ކަމަށް ބެލެވޭ ތަންތަން ބަލައި ގެއްލުންތައްދިން ކަމަށް ވެސް ރިސޯޓުގައި ހުރި މީހަކު ބުނޭ.
11:50 މަރުވެފައި ވަނީ. ހއ. ތުރާކުނު، ނިޔަނދުރުމާގޭ އަލީ ޝާފިއު 20، އެވެ. މައްސަލައާ ގުޅިގެން މިހާރު ހައްޔަރުކޮށްފައި ވަނީ ހއ. ތުރާކުނު ރޯޝަނީގޭ އަލީ ޝިހާން އެވެ.
ކ. ބަރޮސް ރިސޯޓަށް ރޭ ފަތިހު ވަގަށް އެރި ހަތަރު މީހުންގެ ތެރެއިން އެކަކު އެ ރަށު ފަޅުތެރޭގައި މަރުވެފައި އޮއްވައި ފެނިއްޖެ އެވެ.
ފުލުހުންގެ އޮފިޝަލަކު މިއަދު ވިދާޅުވީ ރޭ ފަތިހު 4:00 ޖަހާއެހާކަންހާއިރު ބަރޮހަށް ކުޑަ ލޯންޗެއްގައި ދިޔަ ހަތް މީހުންގެ ތެރެއިން ހަތަރު މީހަކު ރިސޯޓަށް އެރިކަމަށާއި އޭގެ ތެރެއިން ތިން މީހަކު ރިސޯޓުން ހިފެހެއްޓީ ކަމަށެވެ. ނަމަވެސް ހަތަރު ވަނަ މީހާ ހޯދަމުން ދަނިކޮށް ފެނުނީ 4:15 ހާކަންހާއިރު ފަޅުތެރޭ މަރުވެފައި އޮއްވައި ކަމަށެވެ.
ރަށަށް ނާރައި ލޯންޗުގައި ތިބި ތިން މީހުން އެވަގުތު ފިލާފައިވާ ކަމަށް ވެސް ފުލުހުންގެ އޮފިޝަލު ވިދާޅުވި އެވެ.
އެހެންނަމަވެސް އެމީހުން އެރަށަށް އެރީ ކޮން ބޭނުމަކު ކަމެއް ފުލުހުންގެ އޮފިޝަލު ވިދާޅެއްނުވެ އެވެ. އަދި އެއީ ދިވެހިން ކަމެއް ނުވަތަ ބިދޭސީން ކަމެއް ވެސް ވިދާޅެއް ނުވެ އެވެ. ރިސޯޓުން ބުނީ އެކަމާ ބެހޭ ގޮތުން ވާހަކަ ދައްކަން ބޭނުން ނޫން ކަމަށެވެ.
ސަން އަށް މައުލޫމާތު ލިބިފައިވާ ހަތަރު މީހުން އެރަށަށް އަރާފައި ވަނީ ތޫނު ހަތިޔާރުތަކެއް ވެސް ހިފައިގެނެވެ. އަދި މާލެއިން ފުރައިގެން އެ މީހުން ދިޔައީ މަސްބާނަން ކުރާ ދަތުރެއް ކަމަށް ބުނެފައެވެ.
އެނގިފައިވާ ގޮތުގައި އެހަތަރު މީހުން ބަރޮހަށް ދިޔައ ވަގުތަކީ، އެރަށަށް އެހެން ލޯންޗެއް ދިޔަ ވަގުތަކަށް ވާތީ ޖެޓީ އާ ކައިރި ނުކޮށް އެމީހުން ފަޅުތެރެއަށް ފޭބުމަށް ފަހު ލޯންޗު ފޮނުވާލީ އެވެ. އެ މީހުންގެ ތެރޭގައި ކުރިން ބަރޮހުގައި މަސައްކަތް ކުރި މީހަކު ވެސް ހިމެނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ