ޕީޕީއެމް ޕާލިމެންޓްރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު ކަމަށް ދަނގެތީ ދާއިރާގެ މެމްބަރު އިލްހާމް އަހުމަދާއި އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހު އިންތިޚާބުކޮށްފިއެވެ.
އެ ދެ ބޭފުޅުން އިންތިޚާބުކޮށްފައި ވަނީ ޕީޕީއެމް ޕާލިމެންޓްރީ ގްރޫޕްގައި ދެންމެ ނެގި ވޯޓް ކާމިޔާބުކުރައްވައިގެންނެވެ.
ދަނގެތި ދާއިރާގެ މެމްބަރު އިލްހާމް އަހުމަދު ވަނީ ޑީއާރުޕީ އާއި ޕީޕީއެމާއި ޖުމުހޫރީ ޕާޓީގެ ނައިބު ރައީސްކަން ކޮށްފައެވެ. މީގެ އިތުރުން ޕީޕީއެމުގެ ފުރަތަމަ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރަކަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ހުންނެވިއިރު ޑެޕިއުޓީ ލީޑަރަކަށް ވެސް ހުންނެވީ އިލްހާމް އަހުމަދެވެ.
ޕީޕީއެމް ޕާލިމެންޓްރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު ކަމަށް މެމްބަރު އިލްހާމް އަދި ފަލާހް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ