ވެސްޓް އިންޑީޒްގެ މައްޗަށް ކުރި ހޯދާ ނިއުޒިލޭންޑް ސެމީއަށް

ވެސްޓް އިންޑީޒް ބަލިކުރުމަށްފަހު ނިއުޒިލޭންޑް، އައިސީސީ ކްރިކެޓް ވޯލްޑްކަޕްގެ ސެމީފައިނަލަށް ދަތުރުކޮށްފިއެވެ.
ނިއުޒިލޭންޑް އިން ވެސްޓް އިންޑީޒްގެ މައްޗަށް ކުރި ހޯދީ 143 ލަނޑުންނެވެ.
މި މެޗުގެ ޓޮސް ދިމާވުމުން ނިއުޒިލޭންޑް އިން ނިންމީ ކުޅެންއަރާށެވެ. އެގޮތުން އެޓީމުން ވަނީ 50 އޯވަރުތެރޭ 6 ކުޅުންތެރިން ނުބައިވެގެން 393 ލަނޑު ހަދާފައެވެ. ނިއުޒިލޭންޑް ޓީމުން އެންމެ ރަނގަޅަށް ކުޅެފައިވަނީ 237 ލަނޑު ހެދި މާޓިން ގުޕްޓިލްއެވެ.
މިއީ ވޯލްޑްކަޕްގެ ތާރީހުގައި ވެސް އެއް ކުޅުންތެރިއަކު މިހާތަނަށް އެންމެ ގިނަ ލަނޑު ހެދި ފަހަރުއެވެ. މީގެކުރިން މި ރިކޯޑު އޮތީ ވެސްޓްއިންޑީޒްގެ ކްރިސް ގޭލްގެ އަތުގައެވެ. އޭނާ މި ރިކޯޑު ކުރިން ހެދީ 215 ލަނޑާއެކީގައެވެ.
ޖަވާބުގައި ކުޅެންއަރާ ވެސްޓް އިންޑީޒްއަށް 30 އޯވަރުތެރޭ ހުރިހާ ކުޅުންތެރިން ނުބައިވެގެން ހެދުނީ 250 ލަނޑެވެ. ވެސްޓް އިންޑީޒް ޓީމުން އެންމެ ރަނގަޅަށް ކުޅުނީ 61 ލަނޑު ކްރިސް ގޭލްއެވެ.
މިއީ ނިއުޒިލޭންޑް ވޯލްޑްކަޕްގެ ސެމީފައިނަލަށް ދަތުރުކުރި 7 ވަނަ ފަހަރެވެ.
ސެމީގައި ނިއުޒިލޭންޑް އަންގާރާ ދުވަހު ބައްދަލުކުރާނީ ދެކުނު އެފްރިކާއާއެވެ. ދެވަނަ ސެމީގައި ބައްދަލުކުރާނީ އިންޑިއާ އަދި އޮސްޓްރޭލިއާއެވެ. އެ މެޗު ކުޅޭނީ ބުރާސްފަތި ދުވަހުގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ