ޓެކްސް ޓްރައިބިއުނަލްގެ ގާނޫނީ ދާއިރާގެ މެންބަރު ކަމަށް ހުޅުވާލައިފި

ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ގާނޫނީ ދާއިރާގެ މެންބަރު ކަމަށް ކުރިމަތިލާން ފުރުސަތު ހުޅުވާލައިފި އެވެ.
ރައީސް އޮފީހުން މިއަދު ބުނި ގޮތުގައި ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މަގާމަށް ކުރިމަތިލާން ފުރުސަތު ހުޅުވާލީ، އެ ޓްރައިބިއުނަލްގެ ގާނޫނީ ދާއިރާގެ މެންބަރެއްގެ މަގާމު ހުސްވެފައިވާތީ އެވެ. އެހެންކަމުން އެ މަގާމަށް ކުރިމަތިލާން ފުރުސަތު ހުޅުވާލީ އަންނަ މަހުގެ 24 ވަނަ ދުވަހުގެ މެންދުރުފަހު 2:00 ގެ ނިޔަލަށް ކަމަށް ރައީސް އޮފީޙުން ބުންޏެވެ.
ޓެކްސް ޓްރައިބިއުނަލްގެ ގާނޫނީ ދާއިރާގެ މެންބަރު ކަމުގެ މަގަމާށް ކުރިމަތިލާން އެދި ހުށަހަޅަން ޖެހޭ ފޯމު ރައީސް އޮފީހުގެ ރިސެޕްޝަނުންނާއި، އެ އޮފީހުގެ ވެބްސައިޓުން ވެސް ޑައުންލޯޑް ކުރެވެން ހުންނާނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ