ސައުދީގައި ރޭގަނޑު ބޭރަށް ނުނިކުމެވޭ ގޮތަށް ކާފިއު އިއުލާންކޮށްފި

ދުނިޔޭގެ އެކި ކަނކޮޅިތަކުގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޯވިޑް-19 ފެތުރުން ހުއްޓުވުމަށް ސައުދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލް އަޒީޒް ބިން އަލް ސައުދު އެ ގައުމުގައި ކާފިއު އިއުލާން ކުރައްވައިފި އެވެ.
 
ސައުދީގެ ރޯޔަލް ކޯޓުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކާފިއު އިއުލާނު ކޮށްފައިވަނީ މިއަދުން ފެށިގެން 21 ދުވަހައް ކަމަށެވެ. ކާފިއުގެ ގަޑީއަކީ ރޭގަނޑު 07:00 އިން ހެނދުނު 06:00 އަށެވެ. އެ ވަގުތުތަކުގައި ބޭރަށް ނުމެ އުޅޭ މީހުން ބަލައި ފިޔަވަޅު އެޅުމަށް ސަލާމަތީ ބާރުތަކަށް ވަނީ އަންގަވާފައި އެވެ.
 
ސައުދީ ރަސްގެފާނު އެގައުމުގައި ކާފިއުއެއް އިއުލާންކޮށްފައި މިވަނީ އެ ގައުމުން ކޯވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ގިނަވާންފެށުމުންނެވެ. އެގޮތުން ސައުދީން މިހާތަނަށް 511 މީހުން މި ބައްޔަށް ޕޮޒިޓިވްވެފައި ވާއިރު، އެގައުމުން ވަނީ މީހުން ހައްޖަށާއި އުމްރާއަށް ދިއުން މަނާ ކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ