އަންބަރީގެ އަލުން ބަހަން ކުރި ހުކުމް ސުޕްރީމް ކޯޓުން ބާތިލުކޮށްފި
މީގެ އަތަކެއް އަހަރު ކުރިން ގަލޮޅު އަންބަރީގެ ބަހާފައިވަނިކޮށް މިދިޔަ އަހަރު އެގެ އަލުން ބަހަން ހައިކޯޓުން ކުރި ހުކުމް ސުޕްރީމް ކޯޓުން ބާތިލުކޮށްފި އެވެ. އަންބަރީގެ އަލުން ބެހުމަށް ހައިކޯޓުން ހުކުމްކޮށްފައި ވަނީ އެގޭ މަރިޔަމް ޝާކިރުގެ ތިން ކުދިން ކަމަށްވާ ހަސަން ޝާކިރާއި އައިމިނަތު ޝާކިރުގެ އިތުރުން ހައްވާ ޝާކިރުގެ ފަރާތުން އެ މައްސަލަ ހުށަހެޅުމުންނެވެ. އެ މައްސަލަ ހުށަހަޅަމުން އެމީހުން ބުނެފައި ވަނީ އެގެ ބެހި އިރު އެމީހުންނަކީ ކުޑަކުދިން ކަމަށް ވުމުން ގޭގެ ހައްގުން އެމީހުން މަހުރޫމުވެފައިވާ ކަމަށް ބުނެ އެވެ. ސުޕްރީމު ކޯޓުން އެގެ އަލުން ބަހަން ކުރި ހުކުމް ބާތިލު ކުރީ އަންބަރީގޭގެ މައްސަލަ ހައިކޯޓުން ބަލައިގެންފައި ވަނީ ގާނޫނީ އުސޫލުތަކާ ހިލާފަށް އިސްތިއުނާފުގެ މުއްދަތު ހަމަވި ފަހުން ކަމަށް ބުނެ އެވެ. އަންބަރީގޭގެ ވެރިޔާ ދޮންމުދިމު ކަލޭފާނު މަރުވުމާ ގުޅިގެން އޭނާގެ ދަރިން ކަމަށްވާ އިބްރާހީމް ޝާކިރާއި ހުސައިން ޝާކިރާއި މަރިޔަމް ޝާކިރާގެ އިތުރުން ހުވަފަތް އަނބި އާމިނާފުޅުގެ މެދުގައި ބަހަން 1969 ވަނަ އަހަރު އޭރުގެ ޖަސްޓިސް މިނިސްޓްރީން ވަނީ ހުކުމްކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ