ބީނޯޒް އެރީޒް، އާޖެންޓީނާ (ޖުލައި 22) - އާޖެންޓީނާގެ މިޑްފީލްޑަރު، އެންޒޯ ފެނާންޑޭޒް، އިންގްލެންޑްގައި މަޑުކުރަން މިހާރު ބޭނުންނުވާނެ ކަމަށާއި އޭނާ ޗެލްސީ ދޫކޮށްލާނެ ކަމަށް ކުރިން ޗެލްސީ އަށް ކުޅުނު ފްރާންސްގެ މިޑްފީލްޑަރު، އިމެނުއަލް ޕެޓިޓް ބުނެފި އެވެ.
ގަތަރުގައި 2022 ވަަނަ އަހަރު. ބޭއްވި ވޯލްޑް ކަޕްގެ ޗެމްޕިއަންކަން އާޖެންޓީނާ އިން ހޯދިއިރު، އެ މުބާރާތުގެ އެންމެ މޮޅު ޒުވާން ކުޅުންތެރިޔާ، އެންޒޯ، 25، މި ފަހަރުގެ ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ ދެކޮޅަށް ކުޅެނިކޮށް ވަނީ ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލައިފަ އެވެ.
MU STORE
Yes Maldives Pvt Ltd
Enterprise Development Industrial Pvt Ltd
MU STORE
މި ފަހަރުގެ ވޯލްޑް ކަޕްގެ ގަދަ 16 ބުރުގައި މިސްރު ކޮޅަށް އަދި ސެމީ ފައިނަލުގައި އިންގްލެންޑް ކޮޅަށް ލަނޑު ޖެހި، އެންޒޯ ވަނީ ފައިނަލް މެޗުގައި ރަތް ކާޑު ދައްކަން ޖެހޭ ފަދަ ކަމެއް ކުރެވުނީތީވެ، އާޖެންޓީނާ ސަޕޯޓަރުންގެ ކިބައިން މާފަށް އެދިފަ އެވެ.
މީޑިއާގައި ވާހަކަ ދައްކަމުން ކުރިން ޗެލްސީ އާއި އާސެނަލަށް ކުޅުނު ޕެޓިޓް ބުނީ، އޭނާ ދެކޭގޮތުގައި، އެންޒޯ މި ފަހަރުގެ ޓްރާންސްފާގައި ޗެލްސީ ދޫކޮށްލަން ބޭނުންވާނެ ސަބަބަކީ، އިންގްލެންޑްގައި ދިިރިއުޅުމުގެ ވިސްނުމެއް މިހާރު ނޯންނާނެތީ އެވެ. އަދި، އާންމު ގޮތެއްގައި، ބޮޑު މުބާރާތެއްގައި، އިންގްލެންޑާ ދެކޮޅަށް ނޮކައުޓްގައި ކުޅެފައި، ވޯލްޑް ކަޕްގެ ފައިނަލެއްގައި އެހެން ދިމާވާ ކުޅުންތެރިއަކަށް މީޑިއާ ޕްރެޝަރު ޕްރިމިއާ ލީގުގައި އޮންނާނެ މިންވަރަށް ބަލާއިރު، އެންޒޯ، ޗެލްސީ ދޫކޮށްދިއުމުގެ ފުރުސަތު އޮތީ ބޮޑުކޮށް ކަމަށެވެ.
"އެންޒޯ، ޗެލްސީގައި މަޑުކޮށްފިނަމަ އެއީ ޔަގީނުން ވެސް އަހަންނަށް ވާނީ ޝޮކަކަށް،" ޕެޓިޓް ބުންޏެވެ.
ރިޕޯޓްތައް ބުނާގޮތުން، އެންޒޯގެ އޭޖެންޓް، ހަވިއޭ ޕަސްޓޯރޭއާ ޗެލްސީން ވަރަށް އަވަހަށް ވާހަކަ ދައްކާެނެ އެވެ. އަދި، ޗެލްސީގެ އާ ކޯޗު ޒަބީ އަލޮންސޯ ވަނީ އެންޒޯއާ ބައްދަލުކުރަން ވެސް ނިންމައިފަ އެވެ.
އާޖެންޓީނާގެ މީޑިއާ އަަކަށް ދިން އިންޓަވިއުއެއްގައި ވެސް އެންޒޯ ވަނީ މުސްތަގުބަލާ މެދު ވިސްނަމުން އަންނަ ކަމަށް ބުނެފަ އެވެ. އެކަމާ ހިތްހަމަނުޖެހިގެން ޗެލްސީގެ ކޯޗަކަށް އޭރު ހުރި ލިއަމް ރޮސެނިއާ ވަނީ އެންޒޯ އަށް ފިޔަވަޅު އަޅައިފަ އެވެ.
އަލުން ޗެލްސީ ޓީމުން އެންޒޯ އަށް ފުރުސަތު ދިން ނަމަވެސް، ސީޒަން ނިމުމާ އެކު، އޭނާ ވަނީ ކްލަބް ދޫކޮށްލަން ބޭނުންވާކަން އަންގައިފަ އެވެ. މި ސީޒަނުގައި ޗެލްސީ އަށް 15 ގޯލު ޖަހައިދީ ހަތް ގޯލު ޖަހަން ފުރުސަތު ތަނަވަސްކޮށްދިން އެންޒޯ، ޗެލްސީއާ އެކު ކޮންޓްރެކްޓްގައި ހުރީ 2032 ވަނަ އަހަރުގެ ޖޫން މަަހުގެ ނިޔަލަށެވެ.
މީގެ ތިން އަހަރު. ކުރިން، އެންޒޯ، ގަންނަން ޗެލްސީން ކުރި މަސައްކަތް ހުއްޓައިނުލައި، އެކަން ކާމިޔާބުކުރީ، 2023 ވަނަ އަހަރު ޖެނުއަރީ ޓްރާންސްފާގެ ފަހު ވަގުތުގަ އެވެ.
ގިނަ މަޝްވަރާތަކަކަށް ފަހު، ޗެލްސީން ވަނީ އެންޒޯ ގަންނަން ދައްކަން ޖެހޭ 130 މިލިއަން ޑޮލަރު ބެންފީކާ އަށް ދައްކައިފަ އެވެ. އެއީ، އެ ވަގުތަށް ބަލާއިރު އެއް ކުޅުންތެރިއަކަށް އިނގިރޭސި ކްލަބަކުން ކުރި އެންމެ ބޮޑު ހޭދަ އެވެ. ރިޕޯޓްތައް ބުނާގޮތުން، ޗެލްސީން އެންޒޯ ވިއްކާނީ ވެސް މަދުވެގެން، 130 މިލިއަން ޑޮލަރު ލިބޭ ޑީލެއްގެ ދަށުންނެވެ.
އެންޒޯ، އިންގްލެންޑްގައި މަޑުކުރަން ބޭނުމެއް ނުވާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ