ރައީސް މައުމޫން، ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރާއި އެމަނިކުފާނަށް ތާއީދު ކުރައްވާ ޕީޕީއެމްގެ އިސް ބޭފުޅުންނާ ބައްދަލުކުރައްވަމުން އެބަ ގެންދަވައެވެ.
މި ބައްދަލުވުން ކުރިއަށްދަނީ ޕީޕީއެމް އޮފީހުގައެވެ. މައުލޫމާތު ލިބޭ ގޮތުގައި ޕީޕީއެމްގެ އޮފީހަށް ވަޑައިގަތީ، ހޯމް މިނިސްޓަރުކަމުން ދާދިފަހުން އިސްތިއުފާދެއްވި އުމަރު ނަސީރާއި، ކުރީގެ މިނިސްޓަރުކަން ކުރެއްވި ހަމްދޫން ހަމީދާއި، ސީނާ އަހުމަދު ޒާހިރާއި ކުރިން މިނިސްޓަރުކަން ކުރެއްވި އަނީސާ އަހުމަދުގެ އިތުރުން ފާރިޝް މައުމޫން އެވެ.
ބައްދަލުވުމަށް އެބޭފުޅުންނަށް މައުމޫން ދައުވަތު ދެއްވީ މިއަދު މެންދުރު 2:30 އަށެވެ. މި ބައްދަލުވުމުގެ ބޭނުމެއް ކަމަށް ބެލެވެނީ ރައީސް މައުމޫނަށާއި ޕީޕީއެމް އަށް ލަފާދޭ ކޮމިޓީއެއް އެކުލަވާލުމެވެ.
މީގެ ކުރިން ޕީޕީއެމްގެ ކައުންސިލްގައި ހިމެނިވަޑައިގަންނަވާ ބައެއް ބޭފުޅުން ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އާއި ރައީސް އޮފީހުގައި ވަނީ ބައްދަލުކުރައްވާފައެވެ.
ރައީސް މައުމޫން އުމަރު ނަސީރާއި، ތާއީދު ކުރައްވާ ބޭފުޅުންނާ ބައްދަލުކުރައްވަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ