ރައްޔިތުން މަޖިލީހުގެ ކުރީގެ މެންބަރު އަދި މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ.އަފްރާޝީމް އަލީ އަވަހާރަކޮށްލި މައްސަލައިގައި މަރަން ހުކުމްކޮށްފައިވާ ހ.ލޮބީ ހުސެއިން ހުމާމްގެ ޝަރީއަތުގެ މަޖިލީހެއް މިހާރު ސުޕްރީމް ކޯޓުގައި ކުރިޔަށް އެބަދެއެވެ.
މިރޭ 10:00 ގައި ފެށުމަށް ތާވަލުކުރި މި ޝަރީޢަތް މީގެ ވިއްސަކަށް މިނެޓްކުރިން ފެށިގެން ކުރިޔަށް އެބަދާކަމަށް މައުލޫމާތު ލިބެއެވެ.
ކްރިމިނަލް ކޯޓުން ހުމާމް މަރަން ހުކުމް ކޮށްފައި ވަނީ 2014 ވަަނަ އަހަރުގެ ޖެނުއަރީ މަހުގެ 16 ވަނަ ދުވަހުގައެވެ. ހައިކޯޓުން އެ ހުކުމަށް ތާއީދުކޮށްފައިވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ ހަތް ވަނަ ދުވަހުއެވެ.
ހުމާމް މަރަން ކްރިމިނަލް ކޯޓުން ކޮށްފައިވާ ޙުކުމަކީ ނިހާއީ ޙުކުމެއްކަން ކަށަވަރުކުރުމަށް ސުޕްރީމް ކޯޓަށް ދައުލަތުން ހުށަހަޅާފައިވާ މައްސަލައިގެ އަޑުއެހުން އިއްޔެ ވަނީ ނިންމާފައެވެ.
އަފްރާޝީމް އަވަހާރަކޮށްލާފައި ވަނީ 2012 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ފުރަތަމަ ދުވަހުގެ ރޭ ޓީވީއެމްގެ ދީނީ ޕްރޮގްރާމެއްގައި ބައިވެރިވެވަޑައިގަތުމަށް ފަހު، އެމަނިކުފާނު ދިރިއުޅުއްވާ ހ. ފުންވިލުގެ އަށް ވަދެވަޑައިގަންނަވަނިކޮށެވެ.
އިތުރު ތަފްސީލް އަންނަނީ..
ހުމާމްގެ ޝަރީޢަތް ސުޕްރީމް ކޯޓުގައި ކުރިޔަށް ދަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ