ޖުމްހޫރީ ޕާޓީގެ ނައިބް ލީޑަރު އަބްދުﷲ ރިޔާޒުގެ މައްޗަށް ދައުވާކުރަން ކްރިމިނަލް ކޯޓަށް ފޮނުވައިފި އެވެ.
އަބްދުﷲ ރިޔާޒުގެ މައްޗަށް ދައުވާކުރަން ޕީޖީ އޮފީހުން ކްރިމިނަލް ކޯޓަށް ހުށަހެޅީ އިއްޔެގެ ވަގުތެއްގައި ކަމަށް މައުލޫމާތު ލިބެ އެވެ.
ކުރީގެ ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ރިޔާޒުގެ މައްޗަށް ދައުވާކުރަން ފޮނުވީ ގާނޫނު ތަންފީޒު ކުރާ މުވައްޒަފެއްގެ ވާޖިބަށް ހުރަސްއަޅަން އުޅުނު ކަމުގެ ދައުވާ އެވެ.
އަބްދުﷲ ރިޔާޒުގެ މައްޗަށް ކުށް ސާބިތުވެއްޖަމަ ހަތަރު މަސް ނުވަތަ ހަމަސް ދުވަހުގެ ޖަލު ހުކުމެއް އަންނާނެ އެވެ.
ރިޔާޒުގެ މައްޗަށް ދައުވާކުރަން ފޮނުވާފައި މިވަނީ ދާދިފަހުން ދެ ފަހަރެއްގެ މަތިން އޭނާ ފުލުސް އޮފީހަށް ހާޒިރުކޮށް ސުވާލުކުރި ފަހުންނެވެ. ރިޔާޒު ފުލުހަށް ހާޒިރުކުރީ ގުޅިފައިވާ ޕާޓީ ތަކުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި "ދިވެހިރާއްޖެ މާފިޔާ ގޭންގަކަށް ވުމަށް ގަބޫލުނުކުރައްވާ ކަމާއި، އަދި ފުލުހުންވެސް އެކަން ބޭނުން ނުވާނެ ކަމަށް" ވިދާޅުވެ ދެއްކެވި ވާހަކަފުޅަކާއި ގުޅިގެންނެވެ.
އަބުދުﷲ ރިޔާޒު މީގެ ކުރިން ވިދާޅުވީ މުއައްސަސާތަކަށް ގެންގޮސް ސުވާލުކޮށް ބިރުދެއްކި ނަމަވެސް ރައީސް އަބްދުﷲ ޔާމީން ދެކެ ބިރުން އެމަނިކުފާނު ކުރައްވަމުން ގެންދަވާ މަސައްކަތް ހުއްޓަވާ ނުލައްވާނެ ކަމަށެވެ. ރައްޔިތުންގެ ހައްގުގައި ފަށާފައިވާ މަސައްކަތަކީ ވަރަށް މުހިއްމު ގައުމީ މަސައްކަތެއް ކަމަށާއި، އެކަމުގައި އެއްވެސް ލީޑަރަކު ވެސް ފަހަތަށް ޖެހިވަޑައި ނުގަންނަވާނެ ކަމަށްވެސް ވިދާޅުވި އެވެ.
ރިޔާޒުގެ މައްޗަށް ދައުވާކުރަން ފޮނުވިއިރު މިއަދުގެ ވަގުތެއްގައި އޭނާ ހައްޔަރުކުރަން އުޅޭ ކަމަށް ބުނާ ވާހަކަތަކެއް ދަނީ ފެތުރެމުންނެވެ.
އަބްދުﷲ ރިޔާޒުގެ މައްޗަށް ދައުވާކުރަން ކޯޓަށް ފޮނުވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ