ޖަރުމަންގައި ފެންބޮޑުވުން: 200 އަހަރު ނުވާ ގެއްލުން

ޖަރުމަނުގައި ފާއިތު 200 އަހަރު ތެރޭގައި ވެސް މިހާރު ފެންބޮޑުވެފައި އެވާ ވަރަށް އެ ގައުމުގައި ފެންބޮޑުވެފައި ނުވާ ކަމަށް އިދާރާތަކުން ބުނެ އެވެ. ހުޅަނގު ޔޫރަޕަށް ހުއްޓުމެއް ނެތި ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން އެންމެ ބޮޑަށް ގެއްލުން ލިބިފައި ވަނީ ވެސް ޖަރުމަނަށެވެ.
ޔޫރަޕްގެ ބައެއް ގައުމުތަކުގައި އާދަޔާ ހިލާފަށް ފެންބޮޑުވުމުގެ ސަބަބުން ބުނެވޭ ގޮތުގައި މަރުވި މީހުންގެ އަދު 200 ފަހަނައަޅައި ދާނެ އެވެ. ޖިސްމާނީ ގޮތުން އެކިވަރު ގެއްލުން ލިބުނު މީހުންނާއި ވީނުވީއެއް ނޭނގި ގެއްލިފައިވާ މީހުންގެ އަދަދު ރަސްމީ ހިސާބުތަކުން އަދި ކަށަވަރުވެފައި ނެތް ނަމަވެސް އަދަދު ކުރަން ޖެހޭނީ ހާހުން ކަމަށް ބުނެވެ އެވެ.
ޖަރުމަނުގެ އިތުރުން ފެންބޮޑުވެ ގެންލުން ލިބުނު ގައުމުތަކުގެ ތެރޭގައި ބެލްޖިއަމް އާއި ނެދާލޭންޑްސް އާއި ފްރާންސް އަދި ސްވިޒާލޭންޑް ހިމެނެ އެވެ.
ޖަރުމަނަށް ބޯކޮށް ވާރޭވެހި ފެންބޮޑުވެފައި ވާވަރަށް ފާއިތުވި 200 އަހަރުގައި ވެސް ފެންބޮޑުނުވާ ކަމަށްވޭ

މި ހާދިސާގައި ގެއްލުން ލިބި ސަލާމަތްވާން އެކިތަންތަނަށް ވަދެ ތިބި މީހުން ހޯދައި ސިއްހީ އެހީތެރިކަން ފޯރު ކޮށްދިނުމަށް އޮފިޝަލުން މަސައްކަތް ވަނީ ފައްޓަވާފަ އެވެ. ގެދޮރު ގެއްލި މުޅިން ބިކަވެފައިވާ މީހުންނަށް އެހީތެރިވުމަށް ޖަރުމަނުގެ މީޑިއާތަކުން ވެސް ދަނީ ފަންޑު އެއް ކުރަމުންނެވެ.
ޖަރުމަންގެ ޗާންސެލާ އެންޖެމާ މާކެލް، ފެންބޮޑުވި ސަރަހައްދަށް ޖުލައި 18 ގައި ވަޑައިގެން ވަނީ ހިތާމަ ކުރައްވާފަ އެވެ. އެކަމަނާ ވިދާޅުވީ ސަރުކާރު ބޮޑު ހޭދައެއް ކުރައްވާނެ ކަމަށާއި ބިކަވި އެއްވެސް އާއިލާއެއް އަޅާނުލައި ދޫކޮށް ނުލައްވާނެ ކަމަށެވެ.
ޖަރުމަނަށް ބޯކޮށް ވާރޭވެހި ފެންބޮޑުވެފައި ވާވަރަށް ފާއިތުވި 200 އަހަރުގައި ވެސް ފެންބޮޑުނުވާ ކަމަށްވޭ
ޖަރުމަނަށް ބޯކޮށް ވާރޭވެހި ފެންބޮޑުވެފައި ވާވަރަށް ފާއިތުވި 200 އަހަރުގައި ވެސް ފެންބޮޑުނުވާ ކަމަށްވޭ
ޖަރުމަނަށް ބޯކޮށް ވާރޭވެހި ފެންބޮޑުވެފައި ވާވަރަށް ފާއިތުވި 200 އަހަރުގައި ވެސް ފެންބޮޑުނުވާ ކަމަށްވޭ
ޖަރުމަނަށް ބޯކޮށް ވާރޭވެހި ފެންބޮޑުވެފައި ވާވަރަށް ފާއިތުވި 200 އަހަރުގައި ވެސް ފެންބޮޑުނުވާ ކަމަށްވޭ
"އަޅުގަނޑުމެންނަށް މިލިބުނީ ބޮޑު ޝޮކެއް،" އެންޖެލާ މާކެލް ވިދާޅުވި އެވެ. އެކަމަނާ ވިދާޅުވީ އެވަރުގެ ބޮޑު ގެއްލުމެއް ތަފުސީލު ކޮށްދޭނެ ފުރިހަމަކަން ޖަރުމަނު ބަހުރުވައިގައި ނެތް ކަމަށެވެ. "ކިތަންމެ މޮޅަށް ވާހަކަދައްކަން ދަތަސް، ޖަރުމަނު ބަހުގައި ނެތް އެފުރިހަ ކަމެއް،" ޗާންސެލާ ވިދާޅުވި އެވެ.
ޗާންސެލާ ވިދާޅުވީ ޖުލައި 21 ގައި ސަރުކާރު ކޮމިޓީތަކުން ބައްދަލުކޮށް ރިލީފް ޕެކޭޖްތަކެއް ހައްދަވާނެ ކަމަށާއި މަސައްކަތައް ފައްޓަވައިފިން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ