ސިވިލް ކޯޓަށް ގާޒީން ހޯދުމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އިއުލާންކުރުމާ ގުޅިގެން 23 ބޭފުޅަކު ކުރިމަތިލައްވައިފި އެެވެ.
ސިވިލް ކޯޓަށް ދެ ގާޒީން ހޯދަން ޖޭއެސްސީން އެންމެ ފުރަތަމަ އިއުލާންކުރީ މިދިޔަ މަހުގެ 15 ވަނަ ދުވަހު އެވެ. ނަމަވެސް މިދިޔަ މަހުގެ 28 ވަނަ ދުވަހު ޖޭއެސްސީން ވަނީ އެ މުއްދަތު މިއަދުގެ ނިޔަލަށް އިތުރުކޮށްފަ އެވެ.
ޖޭއެސްސީން މިއަދު ބުނީ މުއްދަތު ހަމަވިއިރު 23 ބޭފުޅަކު ކުރިމަތިލައްވާފައިވާ ކަމަށެވެ. ޖޭއެސްސީން ވަނީ އެ ބޭފުޅުންގެ މައުލޫމާތު ވެސް ހާމަކޮށްފަ އެވެ.
ސިވިލް ކޯޓުގެ ގާޒީ ކަމަށް ކުރިމަތިލެއްވި ބޭފުޅުން
އަލީ ނަސީރު / ގާޑެނިޔާވިލާ، ބ. ކިހާދޫނަފީލު މުޙައްމަދު / ލަކީހޯމް، ގއ. ދާންދޫއުއްމުކުލްޘޫމް އަބޫބަކުރު / ރަނައުރާގެ، ބ. ހިތާދޫއަލީ ރިޒާ / ދަފްތަރު ނަންބަރު ރސ 7172 މާލެޝުކުރުﷲ ޝަކީލް / ސިޔާމާމަންޒިލް، އއ. ފެރިދޫސުލައިމާން މުޙައްމަދު / ނޫރާނީގެ، ޅ. ކުރެންދޫމުހައްމަދު މޫސާ / ސިނަމާގެ، ޅ. ނައިފަރުއިބްރާހީމް އަލީ / ގ. އަންމޯލް، ކ. މާލެއަބްދުލްމުހްސިން އަބްދުލްޙަކީމް / އާކުރި، ގއ. ނިލަންދޫމުހައްމަދު ވިދާން ޝާކިރު / ހ. ހުދުފިނިފެންމާގެ، ކ. މާލެއަބްދުﷲ މިފްރާޒް ނިޒާރު / ގ. އޮށްޓަރު، ކ. މާލެޒުލައިޚާ ޝީޒާ / ފިތިރޯނުގެ، ސ. ފޭދޫސައްޔާޙް ޚަލީލް/ ހިތިލާގެ، ގއ. ކޮލަމާފުށިހަމްދޫން ރަޝީދު / ފަޒާ، ށ. ފޯކައިދޫއާދަމް ޒާލިފް / އޯކިޑުމާގެ، ގއ. ގެމަނަފުށިއަބްދުﷲ ފަހުމީ / އަލިމަސްގެ، ގއ. ގެމަނަފުށިމަނާފް އިބްރާހީމް / މުލަންމާގެ، ގއ. ދާންދޫއަހްމަދު ނިމާލް ޖުނައިދު / ފެހިގެ، ގއ. މާމެންދޫމަރްޔަމް ޝާނީ / ސަނދުބަރަކާގެ، ހއ. ދިއްދޫމުހައްމަދު ނިޝާތު / ރީލްމަންޒިލް، ގއ. ކަނޑުހުޅުދޫހަސަން ޝިޔާމް މުހައްމަދު / ސަދަންވިލާ، ގދ. ވާދޫސިނާން އަލީ / ސަންޑަލްވޫޑް، ގދ. ފިޔޯރީއަހްމަދު ޝިފާއު / ލަކީސްޓަރ، ހއ. މާރަންދޫ
ސިވިލް ކޯޓުގެ ގާޒީންގެ އަސާސީ މުސާރަ އަކީ 30،000 ރުފިޔާ އެވެ. ލިވިން އެލަވަންސްގެ ގޮތުގައި 15،000 ރުފިޔާ ލިބޭއިރު ރިސްކް އެލަވަންސްގެ ގޮތުގައި 1،650 ރުފިޔާ ލިބެ އެވެ. މީގެ އިތުރުން މެޑިކަލް އިންޝުއަރެންސް އަދި ފޯނު އެލަވަންސް ވެސް ލިބެ އެވެ.
ގާޒީކަން ކުރައްވާ ބޭފުޅުންނަށް ޖުމްލަ މުސާރައިގެ ގޮތުގައި ގާތްގަނޑަކަށް 45،650 ރުފިޔާ ލިބެ އެވެ.
ސިވިލް ކޯޓުގައި މިވަގުތު 14 ގާޒީން މަސައްކަތް ކުރައްވަ އެވެ.
ސިވިލް ކޯޓުގެ ގާޒީ ކަމަށް 23 ބޭފުޅުން ކުރިމަތިލައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ