ކޮމަންޑޫ ސްކޫލް ދަރިވަރުންނަށް ކުޅިވަރު ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފި

ށ. ކޮމަންޑޫ ޕޮލިސް ސްޓޭޝަނާއި އެ ރަށު ރިވެރައިން ސްޕޯޓްސް ގުޅިގެން ކޮމަންޑޫ ސްކޫލް ދަރިވަރުންނަށް ހާއްސަކޮށްގެން ކުޅިވަރުގެ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފިއެވެ.
އެގޮތުން، އެ ސްކޫލްގެ ގްރޭޑް 7، 8 އަދި 9 ގެ އަންހެން ދަރިވަރުންނަށް ހޭންޑް ބޯލް މުބާރާތެއް ކުރިއަށް ގެންގޮސްފައިވެއެވެ. އަދި ފިރިހެން ދަރިވަރުންނަށް ފުޓްސަލް މުބާރާތެއް ބާއްވާފައިވެއެވެ.
އޭގެ އިތުުރުރުން، އެ ކުޅިވަރުތައް ކުޅެންވީ ރަނގަޅު ގޮތްތަކާ އަދި ސްޕޯޓްސް ޑިސިޕްލިން ދަރިވަރުންނަށް އުނގަންނައިދީފައިވެއެވެ. އެ މައުލޫމާތު ދަރިވަރުންނަށް  އުނގަންނައިދީފައިވަނީ ރިވެރައިން ސްޕޯޓްސްގެ އިންސްޓްރަކްޓަރ އަހްމަދު ޝަފީޤުގެ ބެލުމުގެ ދަށުންނެވެ.
އޮކްޓޯބަރ 21 ވަނަ ދުވަހު ކުރިއަށް ގެންދިޔަ އެ ހަރަކާތްތައް ކުރިއަށް ގެންދިއުމުގައި، ކޮމަންޑޫ ސްކޫލާއި ބެލެނިވެރިންގެ އެހީތެރިކަން ވަރަށް ބޮޑަށް ލިބިފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ