8 ހައި އިމްޕެކްޓް ގްރާންޓް ޕްރޮޖެކްޓް ފެށުމަށް އެޑްވާންސް ފައިސާ ދޫކޮށްފި

ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްތައް ހިންގުމަށް އިންޑިއާ ސަރުކާރުން ރާއްޖެއަށް ދޭ އެހީގެ ދަށުން، އަތޮޅުތެރޭގެ އަށް މަަސައްކަތެއް ހިންގުމަށް މޮބިލައިޒޭޝަން އެޑްވާންސް ފައިސާ އެ ގައުމުން ދިވެހި ސަރުކާރަށް ދޫކޮށްފި އެވެ.އެގޮތުން މި އަށް ޕްރޮޖެކްޓަށް ދިވެހި ސަރުކާރަށް ދޫކޮށްފައިވަނީ 5.49 މިލިއަން ރުފިޔާ ކަމަށް އިންޑިއާ އެމްބަސީން މައުލޫމާތުދެއެވެ. މި މަޝްރޫޢުތައް ތަންފީޒުކުރުމަށް ބޭނުންވާ އެމް.އޯ.ޔޫތައް 21 އޮކްޓޯބަރ 2021 ގައި ނިންމާލާފައިވާއިރު، ކައުންސިލްތަކުން މި މަޝްރޫއުތައް ހިންގުމަށް ހަމަޖެހިފައިވަނީ 2021 ވަނަ އަހަރުގެ ޖުލައި މަހު ލިބުނު 70 މިލިއަން ރުފިޔާގެ ހިލޭ އެހީގެ ދަށުންނެވެ.ޖުމްލަ 36.5 މިލިއަން ރުފިޔާ ހަރަދުކޮށްގެން ކުރިއަށްގެންދާ މި އަށް މަޝްރޫއަކީ ރާއްޖޭގެ ހަތް އަތޮޅެއްގައި ކުރިއަށްގެންދާ މަޝްރޫއުތަކެކެވެ.ކުރިއަށްގެންދާ މަޝްރޫއުތަކުގެ ތެރޭގައި ތ. ތިމަރަފުއްޓާއި ތ.ވޭމަންޑޫގައި މަގުބައްތި ހަރުކުރުމާއި، ލ. މާބައިދޫގައި އައިސް ޕްލާންޓެއް ޤާއިމުކުރުން، އދ. ދަނގެތީ އާ ކަލްޗަރަލް ސެންޓަރެއް އިމާރާތްކުރުން، ނ. މިލަދޫ ކައުންސިލް އިމާރާތް ބިނާކުރުން، ގދ. ތިނަދޫ އަބޫބަކުރު ސްކޫލް، ލ. ގަން އިހައްދޫ ސްކޫލް އަދި ހއ. ދިއްދޫ އަތޮޅު ތައުލީމީ މަރުކަޒުގައި އިންކްލޫސިވް އެޑިޔުކޭޝަން ސަޕޯޓް ޔުނިޓް އެޅުމުގެ އިތުރުން އެމް.އެން.ޑީ.އެފް އަށް ބޭނުންވާ ސީ އެމްބިއުލެންސް ހޯދުމާއި، މާލޭގެ އޮލިމްޕަސް ތިއޭޓަރ އަޕްގްރޭޑް ކުރުމުގެ މަސައްކަތް ހިމެނެއެވެ.ދެހާސް ނަވާރަ ވަނަ އަހަރުގެ މާޗު މަހު ދޫކުރި 85 މިލިއަން ރުފިޔާގެ ހިލޭ އެހީގެ ދަށުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހައި އިމްޕެކްޓް 12 މަަސައްކަތެއް ރަށު ކައުންސިލްތަކުން ދަނީ ހިންގަމުންނެވެ. އިންޑިއާއިން 106 މިލިއަން ރުފިޔާގެ ކޭޝް ގްރާންޓް ދޫކޮށްފައިވާއިރު، ތަރައްގީގެ 18 މަސަައްކަތެއް ތަންފީޒު ކޮށްފައިވާ ކަމަށް ހައި ކޮމިޝަނުން ވަނީ ފާހަގަކޮށްފަ އެވެ.މި 30 ގްރާންޓް ޕްރޮޖެކްޓްގެ ތެރެއިން 16 މަސައްކަތެއް މިހާރު ވަނީ ނިމިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ