ކޯރަމް ގެއްލިގެން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ކުރިއަށް ނުދާ މައްސަލަ ހައްލުކުރުމަށް ރައްޔިތުން ނުކުންނަން ވެއްޖެ ކަމަށް ޕީޕީއެމްގެ ތަރުޖަމާނު އަދި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަހުލޫފު ވިދާޅުވެއްޖެ އެވެ.
މަހްލޫފު ވިދާޅުވީ ރައްޔިތުންނާ ގުޅޭ މުހިންމު ބިލްތަކެއް މަޖިލީހުގައި ހުރިއިރު، ކޮންމެ ދުވަހަކު ކޯރަމްގެ ގެއްލުން ހުއްޓުވަންޖެހޭ ކަމަށެވެ. އަދި ކޯރަމްގެ މައްސަލަ ދިމާވަނީ ހަމައެކަނި އެމްޑީޕީގެ މެމްބަރުންގެ ސަބަބުން ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ވަކި ބައެއްގެ ސަބަބަކުން ނޫން ކޯރަމް ގެއްލެނީ. އެކަމަކު އެމްޑީޕީގެ މެމްބަރުން ބޭނުން ނުވާ ކަމެއް ނަމަ އެ މެމްބަރުން އެއްކޮށް ވޯކްއައުޓް ކުރޭ. އެމްޑީޕީގެ މެމްބަރުންނަށް އެ ފުރުސަތު ނުދިނުމަށްޓަކައި އެހެން މެމްބަރުން ޒިންމާދާރުވާންޖެހޭ،" މަހްލޫފު ވިދާޅުވި އެވެ.
"ބޮޑު މުސާރަ ނަންގަވާއިރު މެމްބަރުންގެ ވެސް އަމިއްލަ ޒިންމާއެއް އޮންނާނެ."
މަހްލޫފު ވިދާޅުވީ މަޖިލީހުގެ ކޯރަމްގެ މައްސަލައިގައި ހުރިހާ ރައްޔިތުން އަޑު އުފުލަން ނުކުތުން މުހިންމު ކަމަށާއި ކޯރަމްގެ މައްސަލައިގައި މުޒާހަރާކުރުމަށް ޕީޕީއެމްގައި މަޝްވަރާކުރާނެ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ފެށި ފަހުން، ކޯރަމްގެ މައްސަލަ ދިމާވަމުންދާތީ އެކަން ހައްލުކުރާނެ ގޮތްތަކެއް ހޯދުމަށް މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ވަނީ އެ މައްސަލަ އާންމު ކޮމިޓީ އަށް ފޮނުވައިފަ އެވެ.
މަޖިލިސް ކުރިއަށް ގެންދަން ރައްޔިތުން ނުކުންނަން ވެއްޖެ: މަހްލޫފް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ