ކަރަންޓުގެ އަގަށް ގެނައި ހެޔޮ ބަދަލު ހަފުތާއެއްގެ ތެރޭގައި އިއުލާން ކުރާނަން: ތޯރިގް

ކަރަންޓްގެ އަގަށް ގެނައި ހެޔޮ ބަދަލުތައް ހަފުތާއެއްގެ ތެރޭގައި އިއުލާން ކުރާނެ ކަމަށް އެންވަޔަރުމެންޓް މިނިސްޓަރު ތޯރިގް އިބްރާހީމް މިރޭ ވިދާޅުވެއްޖެ އެވެ.ކުރިން ކަރަންޓް ދެމުން ގެންދިޔަ ޓެރިފަށް ގެނައި ބަދަލާ އެކު އެ އަށް މި މަހުން ފެށިގެން އަމަލު ކުރަން ފަށައިފައ ވަނިކޮށް، ރައީސް އަބްދުﷲ ޔާމީން ކަރަންޓްގެ އަގު ހެޔޮ ކުރަން ނިންވެކަން މިނިސްޓަރު ތޯރިގް އިއުލާން ކުރެއްވީ މިއަދު އެވެ.ޓީވީއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމް މިނިސްޓަރު ވިދާޅުވީ ކަރަންޓްގެ އަގު ހެޔޮ ކުރަން ރައީސް ނިންމެވީ ތެލުގެ އަގު މި ވަގުތު ރާއްޖޭގެ ބާޒާރުގައި ވެސް ހެޔޮވުމާ ގުޅިގެން ކަމަށެވެ.ތޯރިގު ވިދާޅުވި ގޮތުގައި މި ބަދަލާ އެކު ކަރަންޓްގެ އަގު ހެޔޮކޮށް، އެ ގެނައި ބަދަލުތައް ހަފުތާއެއްގެ ތެރޭގައި ހާމަ ކުރައްވާނެ އެވެ. އޭނާ ވިދާޅުވީ އެނާޖީ އޮތޯރިޓީ އާއި ސްޓެލްކޯ އާއި ފެނަކަ ކޯޕަރޭޝަން ގުޅިގެން މިހާރު މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.މިނިސްޓަރު ވިދާޅުވީ ކުރިއަށް އޮތް ތަނުގައި ވެސް ތެލަށް އަންނަ ހެޔޮ ބަދަލުތަކާ އެކު ކަރަންޓްގެ އަގަށް ބަދަލުތަކެއް އައުން އެކަށީގެންވާ ކަމަށެވެ.ސްޓެލްކޯ އަށް ބަޔަކު ކަރަންޓް ބިލް ދައްކަނީ: ކަރަންޓުގެ އަގު ހެޔޮކުރަން ރައީސް ޔާމީން ވަނީ ނިންމަވާފައި.---ހަވީރު ފައިލް ފޮޓޯ ތޯރިގް ވިދާޅުވީ ކަރަންޓަށް ކުރިން ދެމުން ގެންދިޔަ ސަބްސިޑީ ކަނޑާލުމަކީ، ތަރައްގީގެ މަޝްރޫއުތައް ހިންގުމަަށް ދައުލަތަށް ރައްކާ ކުރެވޭ ފައިސާ ކަަމަށެވެ. އެގޮތުން ސަބްސިޑީ އަށް ހޭދަ ކުރާ ފައިސާ އިން ކުރިއަށް އޮތް ތަނުގައި ފެނާއި ނަރުދަމާ އެޅުން ކަހަލަ ބޮޑެތި ގިނަ މަޝްރޫއުތަކެއް ކުރިއަށް ގެންދެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.މި މަހުގެ އެކަކުން ފެށިގެން އަމަލުކުރަން ނިންމި ޓެރިފް ރޭޓްގައިވާ ގޮތުން
މާލެ- ހުޅުމާލެ އަދި ވިލިމާލޭގައި 500 ޔުނިޓްގެ ކަރަންޓު ބޭނުންކުރާ އާއްމު
ކަސްޓަމަރުން ކުރިން ދައްކަމުން ދިޔަ ބިލަށް މި މަހުން ފެށިގެން
ގާތްގަނޑަކަށް 243ރ. އިތުރުވެ އެވެ. އަދި ތެލުގެ އަގަށް އަންނަ ބަދަލާ
ގުޅިގެން ފިއުލް ސާޗާޖާއެކު އެއަށް ވުރެ ބޮޑުވެ އެވެ. މީގެ އިތުރުން 400
ޔުނިޓްގެ ކަރަންޓް ބޭނުންކުރާ ފަރާތްތަކަށް 150ރ. އިތުރުވާ އިރު 300
ޔުނިޓްގެ ކަރަންޓް ބޭނުންކުރާ ފަރާތްތަކަށް 130ރ. އަދި 200 ޔުނިޓް
ބޭނުންކުރާ ފަރާތްތަކަށް 110ރ. އަދި 100 ޔުނިޓް ބޭނުންކުރާ ފަރާތްތަކަށް
60ރ. އިތުރުވާނެ ކަމަށް އެނާޖީ އޮތޯރިޓީން ލަފާކޮށްފައިވެ އެވެ.މި މަހުގެ އެއްވަނަ ދުވަހުން ފެށިގެން ކަރަންޓުގެ އަގަށް ގެންނަން ކުރިން ނިންމި ބަދަލާ ގުޅިގެން، ރަށްރަށުގެ ކޮންމެ
ބޭންޑަކުން ބިލްކުރާ އަގު މާލެ އަށް ވުރެ ޔުނިޓަކުން 10ލާރި ބޮޑުވެ އެވެ.
އަދި ހުރިހާ ރަށެއްގައި ވެސް ބިލް ކުރާނީ އެއް ރޭޓަކުންނެވެ.މިނިސްޓަރު
ތޯރިގް ވިދާޅުވީ ކަރަންްޓްގެ އަގު ހެޔޮ ކުރަން ނިންމުމާ ގުޅިގެން، މި
މަހުގެ ބިލް ތައްޔާރު ކުރާނީ ހެޔޮ ކުރި ރޭޓްތަކަށް ކަމަަށެވެ.ސަރުކާރު ހިންގާ މައި ޕާޓީ ޕީޕީއެމްގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާން މިރޭ ވިދާޅުވީ ކަރަންޓްގެ އަގު ރައީސް ހެޔޮ ކުރަން ނިންމެވީ އިދިކޮޅު ފަރާތްތަކުގެ ޕްރެޝަރާ ހެދި ކަމަށް ދެކެވޭ ވާހަކަ އަކީ ހަގީގަތެއް ނޫން ކަަމަށެވެ.ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު ނިހާން ނޫސްވެރިންނާ ވާހަކަ ދައްކަވަނީ: ކަރަންޓުގެ އަގު ހެޔޮކުރައްވަން ރައީސް ޔާމީން ނިންމެވީ އިދިކޮޅު މީހުންގެ ޕްރެޝަރާ ހެދި ނޫން ކަމަށް ނިހާން ވިދާޅުވި.---ހަވީރު ފައިލް ފޮޓޯ "މިއީ އެއްވެސް ބައެއްގެ ޕްރެޝަރާ ހެދި ގެނައި ބަދަލެއް ނޫން،" ވިލިމާލެ ދާއިރާގެ މެމްބަރު ނިހާން ވިދާޅުވި އެވެ.އޭނާ ވިދާޅުވީ ކަރަންޓުގެ އަގު ހެޔޮކުރަން ރައީސް ޔާމީން ނިންމެވީ ވަރަށް ބޮޑެތި މަޝްވަރާތަކަކަށް ފަހު ކަމަށެވެ. އަދި އެއީ ރައްޔިތުންނަށްޓަކައި ރައީސް ގެންނެވި ބަދަލެއް ކަމަށް ނިހާން ވިދާޅުވި އެވެ.އޭނާ ވިދާޅުވި ގޮތުގައި ރައްޔިތުންނާ ގުޅުން ހުރި މިފަދަ ކަންކަމަށް އެދެވޭ އަވަސް ފިޔަވަޅުތަކެއް އެޅުމަށް ވަޒީރުންނާއި ޕީޕީއެމްގެ ޕާލިމަންޓްރީ ގްރޫޕްގެ މެމްބަރުން ހިމެނޭ ޓީމެއް ވެސް މިހާރު ވަނީ އެކުލަވާލައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ