ނަޝީދު ދީނާ ހިލާފު ވާހަކަތައް ދައްކަނީ، ހުޅަނގުން ހިންގާ ޖަރީމާއެއްގެ ދަށުން - ނިހާން

ކުރީގެ ރައީސް މުހައްމަދު ނަޝީދު، އިސްލާމް ދީނާ ހިލާފު ވާހަތައް ދައްކާ ސަބަބު ވަރަށް ސާފު ކަމަށާއި، އެއީ ދިވެހީން އިސްލާމް ދީނާ ދުރުކުރުމަށް ހިންގާ ޖަރީމާގެ އެކި އެޕިސޯޑުތައް ރާއްޖޭގައި ތަންފީޒު ވޭތޯ ހިންގާ ކަމެއް ކަމަށް، ޕީޕީއެމް ޕީޖީ ލީޑަރު އަހުމަދުު ނިހާން ހުސައިން މަނިކު ވިދާޅުވެއްޖެއެވެ.
ނިހާން މިހެން ވިދާޅުވީ މުޙައްމަދު ނަޝީދު، އިސްލާމް ދީނުގެ އަސްލުތަކާއި ޚިލާފަށް، އެކި ތަންތަނުގައި ވާހަކަ ދެއްކުމުގެ ސިއްރަކީ ކޮބައިކަން، މައްޗަންގޮޅި މެދު ދާއިރާގެ ރައްޔިތުންނަށް ސާފުވާން ޖެހޭ ކަމަށް، އެ ދާއިރާ އަށް އަމިއްލަ ގޮތުން ވާދަކުރައްވާ، އިބްރާޙިމް މުޙައްމަދު (އިއްބެ) ވިދާޅުވެފައިވާތީ، އެކަމަށް ރިއާޔަތް ކޮށެވެ.
ނިހާން ވިދާޅުވީ ނަޝީދު "އެ ސަކަރާތެއް" ޖަހާތާ 15 އަހަރުވީ ކަމަށާއި، އެ ވާހަކަތަކަކީ ހުޅަނގުން ހިންގާ ޖަރީމާތަކެއް ކަމަށެވެ.
މައްޗަންގޮޅި މެދު ދާއިރާއަށް ވާދަކުރައްވާ އިންބެ، ނަޝީދަށް ފާޑު ވިދާޅުވެފައި ވަނީ، ތޮއްޑޫގައި ބޭއްވި އެމްޑީޕީ ގެ ކެމްޕޭން ޖަލްސާއެއްގައި ބަނގުރާ ވިއްކުމާއި ގުޅޭގޮތުން ނަޝީދު ވާހަފުޅު ދައްކަވާފައިވާ ދަނޑިވަޅެއްގައެވެ.
އެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން، ނަޝީދު ވިދާޅުވީ ދުނިޔޭގައި އެންމެ ގިނައިން ވިކޭ އެކަށްޗަކީ ބަނގުރާ ކަމަށާއި އެހެންކަމުން ބަނގުރަލުގެ ވިޔަފާރި ކުރުމަކީ އިންތިހާއަށް ފައިދާ ބޮޑު ކަމެއް ކަމަށެވެ.
"ބައެއް ހަޤީގަތްތަކެއް ހުރޭ ދުނިޔޭގައި، އެންމެ ގިނައިން ދުނިޔޭގައި ވިކޭ އެއްޗަކީ ސެންޓް. ދެން އެންމެ ގިނައިން ދުނިޔޭގައި ވިކޭ އެއްޗަކީ ޗޮކްލެޓާއި، ރަލާއި، ސިނގިރެޓް. އަޅުގަނޑުމެނަށް އެނގޭ މިއެއްޗެހިން ވިޔަފާރި ކުރީމާ އިންތިހާއަށް ފައިދާ ބޮޑުވާކަން، މުއްސަނދިވާކަން" ނަޝީދު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ