މައުމޫން ޕީޕީއެމް ހިންގެވި ނަމަ ޕާޓީ ބައިބައިވެގެނެއް ނުދާނެ: ފަލާހް

ރައީސް މައުމޫން ޕީޕީއެމްއާއި ހަވާލުވެގެން ހުންނެވިނަމަ ޕީޕީއެމްގަ މިހާރު އުފެދިފައިވާ ޚިޔާލު ތަފާތުވުން ނޯއްނާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހް ވިދާޅުވެއްޖެއެވެ.
ފަލާހް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ރައީސް މައުމޫން ޕީޕީއެމްގަ ހުންނެވިނަމަ، ޕީޕީއެމްގަ މިއަދު އެފެދިފަމިވާ ޚިޔާލު ތަފާތުވުމެއް ނުއުފެދުނީސް ކަމަށެވެ. ފަލާހް މިހެން ވިދާޅުވެފައިވާއިރު ޕީޕީއެމް މިހާރު އޮތީ ބައިބައިވެފައެވެ. ވެރިކަން ކުރަމުންދާ މައި ޕާޓީ އެމްޑީފީ ޖަވާބުދާރީކުރުމަށް މީގެ ކުރިން ޕީޕީއެމްއިން އިސްނަގާނެކަމަށް ބުނިކަމުގައިވިޔަސް، މިއަދު ޕީޕީއެމްއަކީ ވުޖޫދުގަ ނެތް އިދިކޮޅު ޕާޓީއެކޭ ބުންޏަކަސް ދޮގަކަށް ނުވާނެއެވެ.
މިދިޔަ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ޕީޕީއެމާއި ޕީއެންސީ އަށް ލިބުނު ބޮޑު ނާކާމިޔާބީއަކީ ދެ ޕާޓީގެ ލީޑަޝިޕް ފެއިލްވެގެން ދިޔަ އެންމެ ބޮޑު އެއް ހެއްކެކެވެ. ނަމަވެސް ޕީއެންސީގެ ވަގުތީ ރައީސް އަބްދުއްރަހީމް ވިދާޅުވީ ޕީޕީއެމްއާއި ޕީއެންސީއަސް ލިބުނު ނާކާމިޔާބީއަކީ ލީޑަޝިޕް ފެއިލްވެގެންވި ކަމެއް ނޫންކަމަށެވެ. ނަމަވެސް ފެނިގެންދިޔައީ މިދެ ޕާޓީގެވެސް ލީޑާޝިފް ފެއިލްވެ، ރައްޔިތުންގެ ތާއީދުވެސް އެ ޕާޓީތަކަށް ގެއްލިގެންދިޔަ ތަނެވެ.
ރައްޔިތުންގެ މަޖިލިހުގެ އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހް މީގެ ކުރިން ވިދާޅުވީ، މިފަހަރު ބޭއްވުނު ރައްޔިތުންގެ މަަޖިލީހުގެ އިންތިޚާބަކީ ވަރަށް ބޭއިންސާފު ތާކުން ތާކު ނުޖެހޭ އިންތިޚާބެއް ކަމަށެވެ. މަޖިލިހުގެ ޖަލްސާގައި ފަލާހް ވިދާޅުވީ މިފަހަރުގެ އިންތިޚާބަކީ ހިތާމަވެރި ގޮތަކަށް ދިޔަ އިންތިޚާބެއް ކަމަށާއި، ފަލާހާއި އޭނާއާ ވާދަކުރެއްވި ކެންޑިޑޭޓާ ދެމެދު ވޯޓުގެ ފަރަގު ވަރަށް ކުޑަ ކަމަށެވެ. ނަމަވެސް އިލެކްޝަންސް ކޮމިޝަނުން އެދާއިރާގެ ވޯޓު އަލުން ގުނާފައި ނުވާ ކަމަށެވެ.
އާންމު އިންތިޚާބުގެ ރަސްމީ ނަތީޖާ އިއުލާން ކުރުމުގެ ކުރިން އީސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝަރީފް ވިދާޅުވީ އިންތިޚާބުގެ ވަގުތީ ނަތީޖާ އަންނަމުން ދިޔަ ވަގުތުގައި 24 މައްސަލައެއް ހުށަހެޅި ކަމަށާއި، އަދި ކޮމިޝަނުން މައްސަލަތައް ދިރާސާކުރުމަށް ފަހު، ނިންމީ ފަސް ދާއިރާއެއްގެ ބައެއް ފޮށިތައް ގުނަން ކަމަށެވެ.
އިންތިޚާބުގެ ނަތީޖާ ދެއްކި ގޮތުގައި ސަރުކާރު ކޯލިޝަންގެ މައި ޕާޓީ، އެމްޑީޕީން ވަނީ 65 ގޮނޑި ހޯދަ މަޖިލީހުގެ ސުޕަރ މެޖޯރިޓީ ހޯދާފައެވެ. މިއީ އާންމު އިންތިޚާބުގެ ތާރީހުގައި މިހާ ގިނަ އަދަދެއްގެ ގޮނޑި އެއް ޕާޓީއަކުން ހޯދި ފުރަތަމަ ފަހަރެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ