ރައްޔިތުންގެ ވެރިކަމެއް ކޮށްދެއްވާނެ ކަމަށް ވިދާޅުވެ ރައްޔިތުން ލައްވާ ސަލާން ޖައްސުވަނީ؟

ނިމި ދިޔަ ރިޔާސީ އިންތިޚާބުގެ ތެރޭގައި މިއަދުގެ ރައީސުލްޖުމްހޫރިއްޔާ އޭރުގެ ކޯލިޝަން ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ޞޯލިހު އެންމެ ހަރު އަޑުފުޅުން ވިދާޅުވަމުން ގެންދެވީ ދިވެހިންގެ ވެރިކަން ދިވެހިންނަށް އަނބުރާ ހޯއްދަވާ ދެއްވާނެ ކަމަށެވެ. ދިވެހިން އެރު ތިބީ ފިއްތުން ތަކެއްގެ ތެރޭގައި ކަމަށާ އެ ތޭރިތަކުގެ ތެރެއިން ދިވެހިން މިނިވަން ޖައްވަކަށް ނެރެދެއްވާނެ ކަމަށެވެ. އެ ހުވަފެނުގައި ތިބި ގިނަ ދިވެހިންގެ ތާއީދާ އެކު އަދުގެ ރައީސުލްޖުމްހޫރިއްޔާ ވެރިކަމަށް ހޮއްވިވަޑައިގެންނެވިއެވެ. ނަމަވެސް ވެރިކަމަށް ހޮވިވަޑައިގެންނެވުމާއެކު ރައީސް ޞޯލިހުގެ ވވައުދުފުޅުތައް އޮޅުން ސާއްޔަކަށް ވެގެން ދިޔައެވެ. އެމަނިކުފާނު ރިޔާސީ އިންތިޚާބުގެ ދުވަސްވަރު ވެވަޑައިގެންނެވި އެއްވެސް ވައުދުފުޅެއްގެ މަތިން ހަނދުމަފުޅެއް ނުމެ ނެތް ކަހަލައެވެ. ރިޔާސީ އިންތިޚާބުގެ ދުވަސްވަރު އަޑު އިވނު ފަދައިން ސިކުނޑީގައި އުނިކަމެއް ހުރުމުން ކަމަށްވެސް ވެދާނެއެވެ. ކޮންމެ އަކަސް ވެރިކަން ލިބިވަޑައިގެންނެވުމާއެކު ރައީސް ޞޯލިހުގެ ވައުދުފުޅުތަކަށް ވަވަޑައިގަންނަވަން ފެއްޓެވީ ކަދުރު ރުކަކަށް އެރި މީހާ ނަދުރަށެވެ. ދިވެހި ރައްޔިތުންނަށް ކޯށްދެއްވަން ވިދާޅުވި އެއްވެސް ކަމެއް ވެރިކަމަށް 5 މަސް ވެގެން ދިޔައިރުވެސް ކޮށްދެއްވާފައިނުވާކަމަށް ގިނަ ރައްޔިތުން ބުނަމުން ގެންދެއެވެ. ވެރިކަމަށް ވަޑައިގެން ދިވެހިންނަށް ދިވެހިންގެ ވެރިކަން ހޯއްދަވާ ދެއްވާނެ ކަމަށާ އެއްވެސް ކަމަށް ދިވެހި ސަރުކާރުގައި ދިވެހި ރައްޔިތުން ސަލާން ޖަހަން ނުޖެހޭނެ ކަމަށް ވިދާޅުވިއެވެ. ނަމަވެސް ފެންނަ މަންޒަރުތައް ވަރަށް ތަފާތެވެ. ކޮންމެ ކަމެއްގައިވެސް ނިކަމެތި ރައްޔިތު މީހާ ސަރުކާރު ފައިބުޑަށް ވެއްޓި ސަލާން ޖަހަން ޖެހޭ އުޞޫލު އަނބުރާ މި ރާއްޖޭގައި އިޔާދަވާން ފެށި މަންޒަރު ފެންނަން ފަށައިފިއެވެ. ނިމި ދިޔަ ފަސް އަހަރުގައި ދިވެހި ރައްޔިތުން މޫނުމަތިން ފެންނަމުން ދިޔަ ހިނިތުވުމުގެ އަސަރު ފަނޑުވާން ފެށި މަންޒަރު ވެސް ފެންނަން ފަށައިފިއެވެ.ރައްޔިތު މީހާ ޕިކްނިކް ދަތުރެއް ދާން ބޭނުން ވިޔަސް އަދި އާއިލާއެކު މަޖާ ކޮށްލަން މަސް ދަތުރެއް ދާން ބޭނުންވިޔަސް ސަރުކާރުގައި އާދޭސް ދަންނަވަން ޖެހޭ ދުވަސްވަރަކަށް މިޙާރު މިދުވަސްވަރު ވެއްޖެއެވެ. ވަޒީފާ ނެތި ތިބޭ މީހުންނަށް އާމްދަނީ އެއް ދެއްވާނެ ކަމަށް އެޖެންޑާ 19ގެ ދަށުން ބުނަމުން ގެންދާއިރު މިވެސް ރައްޔިތުމީހާ އަޅުވެތި ކުރުމަށް ބޭނުންކުރަމުންދާ އުކުޅެއްގެ ގޮތުގައި ގިނަ ބަޔަކު ސިފަ ކުރެއެވެ. އަދި ވަޒީފާނެތި އާމްދަނީ ލިބޭ ނަމަ ޤައުމުގައި ހަރުދަނާ ޒިންމާދާރު ބަޔަކު ބިނާ ކުރުމަށް ހުރަސްތަކެއް އެޅިގެން ދާނެ ކަމަށް ބުނަމުން ގެންދެއެވެ. އަދި މިކަންކަމަކީ ރައްޔިތު މީހާ ސަރުކާރުގެ ފައިބުޑަށް ވައްޓާލާ އާދޭސް ކުރުވަން ކުރާ ކަންތައްތައްކަމަށް ގިނަ ބަޔަކު ބުނެއެވެ.ކަން މިހެން އޮތްއިރު ދިވެހިންގެ ވެރިކަން ދިވެހިންނަށް ހޯއްދަވާ ދެއްވާނެ ކަމަށް ވައުދުވެވަޑައިގެން ވެރިކަމަށް ވަޑައިގެންނެވި ބޭފުޅެއްގެ ސަރުކާރުން މިއަދު ރައްޔިތުން އަޅުދާސް ކުރަން މަސައްކަތް ކުރަނީ ކީއްވެބާ؟ އެމަނިކުފާނުގެ ސަރުކާރުގެ މެނިފެސްޓޯ، އެޖެންޑާ 19ގެ ފޮރުވިފާ އެޖެންޑާގެ ސިއްރަކީ މިއީބާ؟
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ