ހުރިހާ ޖަނަރޭޓަރެއް އެއްފަހަރާ ނިވުމާއެކު މުޅި މީދޫއިން ކަރަންޓު ކެނޑިއްޖެއެވެ.
މީދޫ ޓައިމްސްއަށް މައުލޫމާތުދެއްވަމުން ފެނަކަ ކޯޕަރޭޝަން ސުޕަވައިޒަރ އިބްރާހީމް ރަޝީދު ވިދާޅުވީ ކަރަންޓުކެނޑުނީ ހުރިހާ ޖަނަރޭޓަރުތަކަށް ބާރުބޮޑުވެ ލޯޑު ނުހިފައްޓައިގެން ހުރިހާ ޖަނަރޭޓަރެއް އެއްފަހަރާ ނިވުމުންކަމަށެވެ. އިބްރާހީމް ރަޝީދު ވިދާޅުވީ ކުޑަ ވަގުތުކޮޅެއްގެތެރޭގައި މުޅި ރަށަށް އަލުން ކަރަންޓު ދެވޭނެކަމަށް އުއްމީދުކުރާކަމަށެވެ.މީދޫ ޓައިމްސްއަށް މައުލޫމާތުލިބިފައިވާގޮތުގައި މީދޫއަށް ގެނައުމަށްހަމަޖެހިފައިވާ އައު ޖަނަރޭޓަރުމިހާރުވަނީ މާލެ އައިސްފައެވެ.
އަނެއްކާވެސް މުޅި މީދޫ އިން ކަރަންޓު ކެނޑިއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ