ދިވެހިރާއްޖޭގެ ސިޔާސީ މަސްރަހުގައި މިހާރު ހިނގަމުންދާ ކަންކަމާ ބެހޭގޮތުން އެފަރާތަކަށް ފެންނަ އެއްޗެއް ހާމަ ކުރާ ކުރުމުގައި، އެކި ފަރާތްތަކުގެ ހިޔާލު އެކިގޮތަށް ހުރުމަކީ އާއިލާ ބައިބައިވުން ނޫންކަމަށް ޤާނޫނީ ވަކީލު މައުމޫން ހަމީދު ވިދާޅުވެއްޖެއެވެ.
ޕީޕީއެމްގެ ރައީސް މައުމޫން އަބުދުލްޤައްޔޫމާއި އެ ޕާޓީގެ މުސްތަޝާރު އަބުދުﷲ ޔާމީނާ ދެމެދު އުފެދިފައިވާ ހިޔާލުތަފާތުވުން ކޮޅުން ލައިގެން ގޮސް، އެ ޕާޓީ ދެ ބަޔަކަށް ބެހިގެން ގޮސްފައިވާއިރު، މައުމޫން ހަމީދު ތާއީދު ކުރައްވަނީ ރައީސް މައުމޫނަށެވެ.
އަނެއްކޮޅުން، ހާލާ ހަމީދު ތާއީދު ކުރައްވަނީ ރައީސް ޔާމީނަށް ކަން ހާމަކުރެއްވުމާއެކު ބައެއް ފަރާތްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، ރައީސް މައުމޫނާއި ރައީސް ޔާމީނާ ދެބެއިންގެ ކޯޅުމުގެ ސަބަބުން މަރުހޫމް އަބުދުﷲ ހަމީދުގެ އާއިލާ ވެސް ވަނީ ދެބައި ވެފައެވެ.
ނަމަވެސް، އެކަން ދޮގުކުރައްވާ މައުމޫން ހަމީދު ވިދާޅުވީ، އެބޭފުޅާގެ ހިތުގައި ހާލާއަށް އޮންނަ ލޯބި ބަދަލުކުރެވޭނެ އެއްވެސް ގޮތެއް ނެތް ކަމަށާއި، ހިޔާލު ތަފާތުވުމަކީ އާއިލާ ބައިބައިވުން ނޫންކަމަށެވެ.
މަރުހޫމް އަބުދުﷲ ހަމީދަކީ އާއިލާ ބިނާކުރެއްވުމުގައި ލާމަސީލު މިސާލެކެވެ.
ހިޔާލު ތަފާތުވުމަކީ އާއިލާ ބައިބައި ވުމެއް ނޫން - މައުމޫން ހަމީދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ