ރައްޔިތުންގެ މަޖިލީހުގެ ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސެއިންނާއި، އެޑިއުކޭޝަން މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރ އިބްރާހިމް ހަނީފްގެ މައްޗަށް މިއަދު ކުރިއަށްގެންދަން ތާވަލްކޮށްފައިވާ ޓެރަރިޒަމްގެ ދައުވާގެ އަޑުއެހުންވެސް ކެންސަލްކޮށްފިއެވެ.
މިމައްސަލައިގެ އަޑުއެހުން ކްރިމިނަލް ކޯޓުގައި ތާވަލްކޮޮށްފައިވަނީ ބުދަ ދުވަހުގެ 13:00 އަށެވެ. ނަމަވެސް އެ އަޑުއެހުން ކެންސަލްކުރި ވަކި ސަބަބެއް ކޯޓުން ހާމައެއް ނުކުރެއެވެ.
ސައުދާއި، ހަނީފްގެ މައްޗަށް ދައުލަތުން ކޮށްފައިވަނީ ޓެރަރިޒަމްގެ އަމަލެއް ހިންގަން ރޭވުމުގެ ދައުވާ އެވެ.
އެދެ މީހުުންގެ މައްޗަށް ކޮށްފައިވަނީ ހައި ކޯޓުގެ ފަނޑިޔާރު ޝުޖާއު އުސްމާނު އަވަހާރަކޮށްލަން ރޭވިކަމުގެ ތުހުމަތުކުރުމަށްފަހު އެވެ.
ކްރިމިނަލް ކޯޓަށް ހާޒިރުވުމަށް އަންގާ ފޮނުވި ޗިޓާއެކު، ސައުދު ޓުވީޓްކުރައްވާފައިވަނީ އެ ދައުވާކޮށްފައިވަނީ ރައްޔިތުންގެ ހައްޤުތައް ކަށަވަރުކުރުމަށް މަސައްކަތްކުރާތީ ކަމަށެވެ. އަދި ފުލުހުންގެ އިދާރާއިން ފްރޭމްކޮށް، ތަހުޤީޤްކޮށް، ނުހައްޤު ދައުވާއާއި ޝަރީއަތާއި، ޖަލު ގޮޅި ދެކެ ބިރު ނުގަންނަ ކަމަށާއި، ބިރުވެތިވަނީ ﷲ އަށް ކަމަށް ސައުދު ވިދާޅުވި އެވެ.
ސައުދާއި، ހަނީފްގެ މައްޗަށް ކުރާ ޓެރަރިޒަމްގެ އެ ދައުވާ ސާބިތުވެެއްޖެނަމަ، ކޮންމެ މީހަކަށް 17 އަހަރާއި 20 އަހަރު ދުވަހުގެ ޖަލު ހުކުމެއް އަންނާނެ އެވެ.
ޓެރަރިޒަމްގެ ދައުވާގެ އިތުރުންވެސް އިތުރު ދެ ދައުވާއެއް ސައުދުގެ މައްޗަށް ކޮށްފައިވެއެވެ.
މެމްބަރު ސައުދާއި، ހަނީފްގެ މައްޗަށްކުރާ ޓެރަރިޒަމްގެ ދައުވާގެ އަޑުއެހުންވެސް ކެންސަލް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ