މަޖިލީހުގެ ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ އަހުމަދު (އަބުޅޯ) އަށް އިލެކްޝަންސް ކޮމިޝަނުން ޖަވާބުދާރީވާންޖެހޭ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދުމިހެން ވިދާޅުވީ އެމަނިކުފާނު ކުރެއްވި ޓްވީޓެއްގައެވެ. ރައީސް ނަޝީދު ކުރެއްވި ޓުވީޓުގައި އަބްދުﷲ އަހުމަދު އީސީއަށް ފޮނުއްވި ސިޓީވަނީ އެޓޭޗްކޮށްފައެވެ.
އެ ސިޓީގައި އަބްދުﷲ އަހުމަދު ވިދާޅުވީ، އެބޭފުޅާއަކީ ތިނަދޫ ދެކުނު ދާއިރާގެ މެމްބަރުކަމަށް އިންތިހާބުކޮށްފައިވާ މެމްބަރެއް ކަމަށާއި، އެބޭފުޅާ އެ ޒިންމާ އާއި މަސްއޫލިއްޔަތު އަދާކުރަމުން އަންނަކަމަށެވެ. ނަމަވެސް އެބޭފުޅާ ތަމްސީލްކުރާ ގޮނޑި ހުސްވެފައިވާކަމަށް ސުޕުރީމް ކޯތުން ކަނޑައެޅި މައުލޫމާތު ލިބިފައިވާކަމަށްވެސް އަހުމަދު އަބްދުﷲގެ ސިޓީގައި ވަނީ ވިދާޅުވެފައެވެ. ނަމަވެސް ގޮނޑި ހުސްވެފައިވާނަމަ އެކަން ރަސްމީ ސިފައެއްގައި އަންގާފައިނުވާކަމަށްވެސް އަހުމަދު އަބްދުﷲ ސިޓީގައި ވަނީ ވިދާޅުވެފައެވެ.
އަދި ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އިން އެބޭފުޅާ ވަކިވާން އެދިފައިވާތާ އެތައް ދުވަހެއް ފަހުން އެޕާޓީން ސުލޫކީ މައްސަލައެއް ބަލާ އެބޭފުޅާ ޕާޓީން ވަކިކޮށްފައިވާ ކަމަށާއި ރައްޔަތުންގެ މަޖިލީހުގެ މެމްބަރެއްގެ ހައިސިއްޔަތުން ލިބެންޖެހޭ އިމްތިޔާޒްތަކާއި އިނާޔަތްތަކާއި އަދި ރައްކާތެރިކަން ނިގުޅައިގަނެފައިވާކަމަށްވެސް އަހުމަދު އަބްދުﷲ ވަނީ ވިދާޅުވެފައެވެ.
މެންބަރު އަބްދުﷲ ގެ ގޮނޑި ގެއްލުނު ކަމަށް އިލެކްޝަންސް ކޮމިޝަނުން މިދިޔަ ސެޕްޓެމްބަރު މަހުގެ ފަސް ވަނަ ދުވަހު ވަނީ ކަނޑައަޅާފައިއެވެ. ނަމަވެސް މެމްބަރު އަބްދުﷲ ޕީޕީއެމް އިން ވަކިވެވަޑައިގެންފައި ވަނީ މިދިޔަ ޖުލައި މަހުގެ 10 ވަނަ ދުވަހު އެވެ.
މެމްބަރ އަބްދުﷲ އަހުމަދަށް އިލެކްޝަން އިން ޖަވާބުދާރީވާން ޖެހޭ: ރައީސް ނަޝީދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ