ކުދި ޖަޒީރާ ޤައުމުތަކުގެ އަޑު ދުނިޔެ މިހާރު އަހަން ވަނީ ޖެހިފަ - މައުމޫން


ކުދި ޖަޒީރާ ޤައުމުތަކުގެ އަޑު ދުނިޔެ މިހާރު އަހަން ޖެހިފައިވާ ކަމަށް، ދިވެހިރާއްޖޭގެ ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމް ވިދާޅުވެއްޖެއެވެ.
 
ކުރީގެ ރައީސް މަޢުމޫން މިހެން ވިދާޅުވީ ސަމޯއާގައި ކުރިޔަށްދިޔަ ކުދި ޖަޒީރާ ޤައުމުތަކުގެ ބައްދަލުވުން، ސިޑްސްގެ ހަވާސާގައި ދިވެހިރާއްޖެއިން ކުރިޔަށް ގެންދިޔަ ހަރަކާތެއްގައެވެ. މިމޭރުމުން ވާހަކަފުޅު ދައްކަވަމުން ކުރީގެ ރައީސް މައުމޫން ވިދާޅުވީ، ތަރައްޤީ ވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކުގެ ވާހަކަތައް ފަޙުމް ވާން ބޭނުން ނަމަ، އެޤައުމުތަކުގެ އަޑު އަހަން ޖެހޭކަމަށެވެ. މިމޭރުމުން ވާހަކަފުޅު ދައްކަވަމުން ކުރީގެ ރައީސް މައުމޫން ވަނީ ކުދި ޖަޒީރާ ރަށްތަކަށް ކުރިމަތިވެފައިވާ މައްސަލަތައް ފާހަގަކުރައްވާ، އެކަމުގެ މައްޗަށްވެސް އަލިއަޅުއްވާލައްވާ، ވާހަކަފުޅު ދައްކަވާފައެވެ. މި ހަރަކާތުގައި ވާހަކަފުޅު ދައްކަވަމުން، ދިވެހިރާއްޖޭގެ ތިމާވެއްޓާ ބެހޭ ވަޒީރު ޠާރިޤު އިބްރާޙިމް ވިދާޅުވީ، ސާފު ބޯފެން ފޯރުކޮށްދިނުމަކީ، އިންސާނީ ޙައްޤެއް ކަމުގައި ދިވެހި ސަރުކާރުން ދެކެވަޑައިގަންނަވާ ކަމަށެވެ.
 
 
މި ހަރަކާތުގައި ރާއްޖެ ފަދަ ކުދި ޖަޒީރާ ޤައުމުތަކަށް ކުރިމަތިވެފައިވާ ގޮންޖެހުންތައް ދައްކުވައިދޭ ވީޑިއޯއެއް ވެސް ދައްކާލާފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ