ރާއްޖޭގެ ސްކޫލްތަކުން ކަރަންޓުގެ ބޮޑުބައެއް އިސްރާފް ކުރޭ


ރާއްޖޭގެ ސްކޫލްތަކުން ބޭނުންކުރާ ކަރަންޓުގެ ބޮޑުބައެއް އިސްރާފް ކުރާކަމަށްރާއްޖޭގެ އަމިއްލަ ޖަމްއިއްޔާއެއް ކަމަށްވާ ރިނިއުއަބްލް އެނަރޖީ މޯލްޑިވްސުން ނެރުނު ރިޕޯޓެއްގައި ބުނެފިއެވެ. މިރިޕޯޓް އެކުލަވާލާފައިވަނީ ރާއްޖޭގެ ސްކޫލުތަކުން ކަރަންޓު ބޭނުކުރާ ގޮތް ދިރާސާކޮށް ބެލުމަށްފަހުއެވެ.
 
މިރިޕޯޓްގައި ބުނެފައިވަނީ ސްކޫލްތަކުގެ ކަރަންޓު ޚަރަދުގެ ބޮޑުބައެއް ހިއްސާކުރަނީ އެއަރ ކޮންޑިޝަން އައްކަމަށްވިޔަސް ސްކޫލްތަކުގައި އެއަރކޯން ކޮށްފައި ހުންނަ ކޮޓަރި ތަން ހުންނަނީ ބޭރައް ވައިބޭރުވާ ގޮތަށްކަމުން ކަރަންޓުގެ ބޮޑުބައެއް އިސްރާފުވުމަށް މަގުފަހިވާކަމަށެވެ.
 
އެއަރކޯން ކްލާސްރޫމްތަކާއި އޮފީސްތަކުން ވައިބޭރު ނުވާގޮތަށް ވެންޓިލޭޓް ކޮށްފިނަމަ އެކަމަށްދާ ޚަރަދުގެ 50 ޕަސެންޓް ސަލާމަތް ކުރެވޭނެކަމަށާއި، އެއަރކޯންގެ ފިނިހޫނުމިން ބޭނުންވާ ވަރަށްވުރެ މަތިކޮށްފައި ހުންނަ ކަން ފާހަގަކުރެވޭކަމަށްވެސްބުނެފައިވެއެވެ. އަދި ބޮކި ހޮޅިބުރި ފަދަ ތަކެތި ބޭނުންވާ ވަރަށްވުރެ ގިނައިން ދިއްލާފައި ހުރުމާއި، ބޭނުން ނުކުރާ ވަގުތު ތަކުގައި ވެސް ދިއްލާފައި ހުންނަ ކަންފާގަކުރެވިފައިވާ ކަމަށް ބުނެފައިވެއެވެ.އަދި ސްކޫލްތަކުގެ ހޯލްފަދަ ތަންތަކުގައި މާކަރީ ލައިޓް ބެހެއްޓުމުގެ ބަދަލުގައި ލެޑް ލައިޓް ހަރުކޮށްގެން ކަރަންޓު ޚަރަދުގެ ބޮޑުބައެއް ސަލާމަތްކުރެވިދާނެކަމަށްވެސް ބުނެފައިވެއެވެ.
 
މީގެ އިތުރުންކަރަނޓުގެ ޚަރަދު ކުޑަކުރުމަށް ސްކޫލްތަކަށް ހިއްވަރު ދިނުމުގެ ގޮތުން ސްކޫލްތަކުގެ ކަރަނޓު ބިލް ސީދާ ފިނޭންސް މިނިސްޓްރީއިން ދައްކާގޮތަށް ހަމަޖެހިފައި އޮންނަ އުސޫލު ބަދަލުކޮށް، ކޮންމެ ސްކޫލަކަށްވެސް އެސްކޫލަކަށް ކަނޑައެޅިފައިވާ ވަކި ބަޖެޓެއްގެ ތެރޭގައި އެކަން ކުރުމުން ސްކޫލްތަކަށް ހަކަތަ ބޭނުންކުރުމުގައި އިސްރާފް ކުރުން ކުޑަކުރުމަށް އިތުރު ހިއްވަރެއް ލިބިގެންދާނެ ކަމަށްވެސް މި ރިޕޯޓުގައިފާހަގަކޮށްފައިވެއެވެ.
 
 
ރިނއުވަބަލް އެނާރޖީ މޯލްޑިވްސް އިން ކޮށްފައިވާ ދިރާސާއެއްގެ މައްޗަށް އެކުލަވާލައިފައިވާ މި ރިޕޯޓުގައި ޖީ.އައި.ޒީ ޕްރޮޖެކްޓްގެ ދަށުން ހޮވާލެފައިވާ މާލޭގެ 4 ސްކޫލެއްގެ ހަކަތަ ބޭނުންކުރާގޮތުގެ ތަފާސްހިސާބު ވަނީ އެއްކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ