ގްރުއާން ކިޔެވުމުގެ ގައުމީ މަތީ ވަނަ ހޯދާ ފަރާތްތަކަށް ކިޔެވުމުގެ ފުރުސަތު ދިނުމަށް އަންގައިފި

ސަރުކާރުގެ ފަރާތުން އެކިއެކި އިދާރާތަކުން ބާއްވާ ރަސްމިއްޔާތުތަކުގަޔާއި ޖަލްސާތަކުގަޔާއި ބައްދަލުވުންތަކުގައި، ކީރިތި ގުރްއާން ކިޔެވުމަށް ކުދިންނާއި މީހުން ހަމަޖައްސާ އިރު، ކީރިތި ގްރުއާން ކިޔެވުމުގެ ގައުމީ ފެންވަރުގެ މުބާރާތަކުން މަތީ ވަނަ ހޯދާ ފަރާތްތަކަށް އިސްކަން ދިނުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު އަންގަވައިފި އެވެ.
ސަރުކާރުގެ އިދާރާތަކަށާއި ސަރުކާރު ހިއްސާވާ ކުންފުނިތަކަށް އެކަން މިއަދު އަންގާފައި ވަނީ ރައީސް އޮފީހުން މިއަދު ނެރެފައިވާ ދެންނެވުމެއްގަ އެވެ.
މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ބޭއްވެވި ކީރިތި ޤުރްއާން ކިޔެވުމުގެ 28 ވަނަ ގަމީ މުބާރާތުގެ އިނާމު ދެއްވުމުގެ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ދެއްކެވި ވާހަކަފުޅުގައި ސަރުކާރުންނާއި އެނޫން ފަރާތްތަކުން ބާއްވަވާ އެކިއެކި ޖަލްސާތަކުގައި، ގައުމީ ފެންވަރުގައި ބާއްވާ ޤުރްއާން މުބާރާތްތަކުން މަތީ ވަނަ ހޯދާ ފަރާތްތަކަށް ޤުރްއާން ކިޔެވުމުގެ ފުރްސަތު ހޯއްދަވައިދެއްވުމަށް ވަނީ އެދިވަޑައިގެންފަ އެވެ. އަދި ރާއްޖޭގެ ރޭޑިއޯ ސްޓޭޝަންތަކާއި ޓީވީ ސްޓޭޝަންތަކުން ވެސް އެކުދިންނަށާއި މީހުންނަށް، އެ ފުރުސަތު ހޯއްދަވައިދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ އެދިވަޑައިގެންފަ އެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ކުރިއަށް އޮތީ ބަރަކާތްތެރި ރަމަޟާން މަސް ކަމަށްވުމާ އެކު، އެކުދިންނަށާއި މީހުންނަށް ޤުރްއާން ކިޔެވުމުގެ ފުރްސަތު، އެކި ޕްރޮގްރާމްތަކުން ލިބޭގޮތަށް މަސައްކަތް ކޮށްދެއްވުމަށް މީޑިއާގެ ދާއިރާގައި ހަރަކާތްތެރިވެވަޑައިގަންނަވާ ހުރިހާ ފަރާތްތަކަކަށާއި، ކަމާބެހޭ އިދާރާތަކަށް ވެސް ވަނީ އިލްތިމާސް ކުރައްވާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ