ޤައުމީ ޔުނިވަސިޓީގެ ނާސިން ސްކޫލް އިފްތިތާހް ކޮށްފި
މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމް.އެން.ޔޫ) ގައި ނަރސިން އަށް ހާއްސަ ސްކޫލެއް ހުޅުވައިިފިއެވެ.ޤައުމީ ޔުނިވަރސިޓީގެ ބައެއްގެ ގޮތުގައި ސްކޫލް އޮފް ނަރސިންގ އިފްތިތާހުކޮށްދެއްވީ މިކަމަށްޓަކައި މިއަދު ހެނދުނު ފެކަލްޓީ އޮފް ހެލްތް ސައިންސަސްގައި ބޭއްވި ރަސްމިއްޔާތެއްގައި ހެލްތް މިނިސްޓަރ ޢަބްދުﷲ ނާޒިމް އިބްރާހިމެވެ. މި ސްކޫލް، ޔުނިވަސިޓީގެ ދަށުން ހިންގަން ފެށީ ރާއްޖޭގެ ޞިއްޙީ ދާއިރާގައި ޚިދުމަތްކުރާ ނަރުހުންނަކީ ދިވެހިން ކަމަށް ހެދުމަށް ސަރުކާރުން ހިންގަން ފެށި ޕްރޮގްރާމް ކާމިޔާބުކަމާއިއެކު ކުރިއަށް ގެންދިއުމަށެވެ. މީގެކުރިން ނާސިންގެ ކޯސްތައް ހިންގީ ފެކަލްޓީ އޮފް ހެލްތް ސައިންސްގެ ދަށުންނެވެ. ނަމަވެސް ދެން އެ ކޯސްތައް ހިންގާނީ ނާސިން ސްކޫލުން ކަމަށް އެމްއެންޔޫއިން ބުނެއެވެ.މިހަފްލާގައި ދިވެހި ރާއްޖޭގައި ނާސިން ކުރިއަރައިގެން ދިޔަގޮތާ ބެހޭ ގޮތުން ތައްޔާރުކޮށްފައިވާ ވީޑިއޯ ޕްރެޒެންޓޭޝަނެއްވެސް ވަނީ ހުށަހަޅާފައެވެ. އެމްއެންޔޫގައި މިހާރުވެސް 900 އަށް ވުރެ ގިނަ ދަރިވަރުން ނާރސިން ކިޔަވަމުން އަންނަކަން ފާހަގަކޮށްލެވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ