ސުޕްރީމް ކޯޓުގެ އަމުރު ތަންފީޒު ކުރުމަށް ގޮވާލައި އަޑު އުފުލުމަށް ޗާންދަނީ މަގު- މަޖީދީ މަގު ހަތަރު އަނގޮޅި ސަރަހައްދަށް އެއްވި މީހުން ރޫޅާލައި ފުލުހުން ފަސްމީހަކު ހައްޔަރު ކޮށްފިއެވެ.
ފުލުހުން ހައްޔަރުކުރި މީހުންގެ ތެރޭގައި އެމްޑީޕީގެ ޒުވާނުންގެ ގޮފީގެ ރައީސް މީކާއީލާއި، މާލެ ސިޓީގެ ކައުންސިލް މެމްބަރަކުވެސް ހިމެނޭ ކަމަށް މައުލޫމާތު ލިބިފައި ވެއެވެ. ހައްޔަރުކުރި މީހުންގެ ތެރޭގައި އަންހެނަކުވެސް ހިމެނެއެވެ. ފުލުހުން އޭނާ ވެހިކަލަށް އެރުވި މަންޒަރު ލައިވް މަންޒަރުތަކުން ފެނިފައި ވެއެވެ.
އެ ސަރަހައްދުގައި އަޑުއުފުލަން ފެށުމާއެކު ފުލުހުންވަނީ އެމީހުންނަށް ހުރަސް އަޅައި ހުއްޓުވާފައެވެ.
ޗާންދަނީ މަގު- މަޖީދީ މަގު ހަތަރު އަނގޮޅި ސަރަހައްދަށް އެއްވި މީހުން ތިބީ "ސުޕްރީމް ކޯޓުގެ ހުކުމް ތަންފީޒުކުރޭ" މިހެން ލިޔެފައިވާ ފޮތިގަނޑެއް ހިފައިގެންނެވެ.
މީގެއިތުރުން، އެތަނުގައި ތިބި މީހުން ތިބީ ފަނޑިޔާރުންނަށް ބިރު ދެއްކުން ހުއްޓާލުމަށާއި، ގާނޫނީ ހުކޫމަތު ގާއިމްކުރުމަށް ގޮވާލާ ޝުއޫރުތައް ލިޔެފައިވާ ކަރުދާސްގަނޑުތައް ހިފައިގެންނެވެ.
ސުޕްރީމް ކޯޓުގެ އަމުރު ތަންފީޒުކުރުމަށް ގޮވާލައި އަޑުއުފުލި ބައެއް މީހުން ހައްޔަރު ކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ