ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ތެރެއިން ގޮނޑިގެއްލިފައި ނުވާކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅި، 12 މެމްބަރުންނަށް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކުގައި ބައިވެރި ނުވެވޭތީ އެމެމްބަރުން މިއަދު ސްޕްރީމް ކޯޓަށް ހިނގައްޖެއެވެ.
މިއަދު ސުޕްރީމް ކޯޓަށް ވަޑައިގެންނެވި މެމްބަރުންގެ ތެރޭގައި ރައްޔިތުންގެ މަޖިިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތާއި، ހަނިމާދޫ ދާއިރާގެ މެމްބަރު ޙުސައިން ޝަހުދީ އާއި، އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޢަބުދުﷲ އާއި ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު ޢަބުދުﷲ އަހުމަދާއި، ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބުރާހިމް އާއި ކެންދޫ ދާއިރާގެ މެމްބަރު ޢަލީ ހުސައިން ހިމެނިވަޑައިގަންނަވައެވެ. މިމެމްބަރުންގެ ތެރެއިން އަލީ ޙުސައިން ފިޔަވައި ދެން ތިއްބެވި ހުރިހާ މެމްބަރުންނަކީވެސް ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ވަނުމަށް ސަލާމަތީ ޚިދުމަތްތަކުން ހުރަސް އަޅުއްވާފައިވާ ބޭފުޅުންނެވެ.
ސުޕްރީމް ކޯޓަށް ވަޑައިގެންނެވުމަށްފަހު މީޑިއާއަށް މައުލޫމާތު ދެއްވަމުން މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު ވިދާޅުވީ، އެބޭފުޅުން ސުޕުރީމްކޯޓަށް ވަޑައިގެންނެވީ، މިހާރު ބާއްވަމުން އަންނަ މަޖިލީހުގެ ޖަލްސާތަކަށް އެމެމްބަރުން ވަނަ ނުދީ ސަލާމަތީ ޚިދުމަތްތަކުން މެމްބަރުންގެ ޤާނޫނީ މަސްއޫލިއްޔަތުތަކަށް ހުރަސް އެޅުމުން ކަމަށެވެ.
"އަޅުގަނޑުމެން މި 12 މެމްބަރުންގެ ތެރޭގައި ހިމެނޭ އެއްވެސް މެމްބަރެއްގެ ގޮނޑި ގެއްލިފައެއް ނެތް. އެކަން އަޅުގަނޑުމެން އެންމެންނަށްވެސް ވަރަށް ސާފު. ސުޕްރީމް ކޯޓުން އަޅުގަނޑުމެންގެ މައްސަަަލަ އާއި ގުޅިގެން، އެންމެ ފުރަތަމަ ދުވަހުން ފެށިގެން އިއްވަމުން އައި ހުކުމްތަކާއ އަމުރު ތަކާއި އަދި ޚާއްސަކޮށް އެންމެ ފަހުން މިނެރުއްވި އަމުރުންވެސް ވަރަށް ރަނގަޅަށް ސާފުވެގެން ދިޔަ އެއްކަމަކީ، 13 ޖުލައި 2017ގައި ސުޕްރީމް ކޯޓުން އެންމެ ފުރަތަމަ ނެރުއްވި ޙުކުމް، ނެރުއްވި ދުވަހުގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ގޮތުގައި ތިއްބެވި އެއްވެސް މެމްބަރެއްގެ ގޮނޑި ގެއްލިފައި ނުވާކަން." އަމީތު ވިދާޅުވިއެވެ.
އަމީތު ވިދާޅުވީ، މަޖިލީހަށް އެމެމްބަރުން ވަނަ ނުދިނުމަކީ، 60000 ރައްޔިތުންގެ އަޑު ކަނޑުވާލައި ހައްޤުތައް ނިގުޅައިގަތުން ކަމަށެވެ. އަދި އެމެމްބަރުން މަޖިލީހަށް ވަނުމުގައި ފަހުން ނެރުނު އަމުރުގައި ހުރަހެއް ނެތްކަމަށް ދެކެވެޑައިގަންނަވާ ކަމަށާއި، އެހެން ނަމަވެސް އެމެމްބަރުން ވަނުމަށް ހުރަސް އަޅަނީ، އަމުރު ނުބައިކޮށް މާނަކޮށްގެން ކަމަށެވެ. އެހެންކަމުން މިއަދު ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާއި ބައްދަލު ކުރުމަށް މިއަދު އެކޯޓަށް ވަޑައިގަތީ އެކަމާއި ގުޅިގެން ކަމަށާއި، އެހެން ނަމަވެސް އެއްވެސް ފަނޑިޔާރަކާއި ބައްދަލު ނުވި ކަމުގައި އަމީތު ވިދާޅުވިއެވެ.
12 މެމްބަރުންގެ ގޮނޑި ނުގެއްލޭކަމުގައި ސުޕްރީމް ކޯޓުން ކަނޑައަޅާފައި ވަނިކޮށް އަމުރުގެ އެބަޔަށް އަމަލު ކުރުން މަޑުޖައްސާލުމަށް އަނެއްކާވެސް ކޯޓުން އިތުރު އަމުރެއް ނެރުނީ، ސަލާމަތީ ޚިދުމަތްތަކުން އުއްތަމަ ފަނޑިޔާރާއި އިތުރު ފަނޑިޔާރަކު ހައްޔަރުކޮށްފައިވާ ވަގުތެއްގައި، އަދި ސުޕްރީމް ކޯޓުގެ މިނިވަންކަމާއި މެދު އިދިކޮޅު ފަރާތްތަކުން ސުވާލު އުފައްދާފައި ވަނިކޮށެވެ. އަދި 12 މެމްބަރުންގެ ގޮނޑީގެ މައްސަލަ އާއ ގުޅޭ އެއަމުރު ނެރުނީ، ރައީސުލްޖުމުހޫރިއްޔާ ނެރުއްވާފައިވާ ކުއްލި ނުރައްކަލުގެ ޤަރާރު މަޖިލީހުން ފާސްކުރުމަށް، އެމެމްބަރުން މަޖިލީހަށް ވަނުމުގެ ފުރުޞަތު ލިބިއްޖެ ނަމަ ސަރުކާރަށް ވޯޓު ކާމިޔާބު ނުވާނެ ކަމަށް ބެލެވިފައިވާ ވަގުތެއް ގައެވެ.
މަޖިލީހުގެ ޖަލްސާތަކަށް ނުވަދެވޭތީ 12 މެމްބަރުން ސުޕްރީމް ކޯޓަށް!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ