ކަނބަލުންނަށް ކަރަންޓުގެ މައްސަލަތައް ހައްލުކޮށްދޭން ދަސްކޮށްދިނުމަށް ސްޓެލްކޯއިން ހާއްސަ ވޯކްޝޮޕްތަކެއް ފަށައިގެން ކުރިއަށް އެބަދެއެވެ.
މިހާރު ކުރިއަށް ދަނީ މީގެ އަށް ވަނަ ވޯކްޝޮޕެވެ. ތިން ދުވަހަށް ދެމިގެންދާ މި ވޯކްޝޮޕްގައި ކަނބަަލުންނަށް ކިޔަވާދެއްވާނީ ސްޓެލްކޯގައި މަސައްކަތް ކުރަމުންދާ ކަމުގެ ތަޖުރިބާ ލިބިފައި ހުރި އެންމެ މޮޅެތި އިންޖީނިއަރުންނެވެ.
ސްޓެލްކޯއުން ކުރިއަށްގެންދާ މި ވޯކްޝިޕްތަކާއި ގުޅޭގޮތުން މައުލޫމާތުދެއްވަމުން އެ ކުންފުނީގެ ޓްރެއިނިންގ ޑިޕާޓްމެންޓާއި ހަވާލުވެ ހުންނެވި މުހައްމަދު ޝާހިދު ވިދާޅުވީ، މިއީ ރައީސް އަބްދުﷲ ޔާމީން ކަނބަލުން ބާރުވެރިކުރުވުމަށްޓަކައި ފައްޓަވާފައިވާ ޕްރޮގްރާމްތަކުގެ ތެރެއިން، ސްޓެލްކޯގެ ސީއީއޯ ޒުހޫރުގެ އިސްނެންގެވުމާއެކު ކުރިއަށް ގެންދަމުން އަންނަ ވޯކްޝޮޕްތަކެއް ކަމަށެވެ.
ޝާހިދު ވިދާޅުވީ، މި ވޯކްޝޮޕްތަކުން، ކަގޭތެރޭގައި ދިމާވާ ކަރަންޓުގެ މައްސަލަތަކަށް ކަނބަލުން އަމިއްލައަށް ހައްލުކުރެވިދާނެ ގޮތްތައް ދަސްކޮށްދޭނެ ކަމަށެވެ.
"މިސާލަކަށް އިސްތިރި ކުރަމުންދަނިކޮށް ސޯޓްވެގެން ދިޔައީ. އަދި އެހެން ކަމެއް ދިމާވީ. އެހެންވެއްޖެޔާވެސް އެ މީހުންނަށް އެވަނީ ކީއްކަން އެނގޭވަރު މި ވޯކްޝޮޕްތަކުން އެނގިގެންދާނެ". ޝާހިދު ވިދާޅުވިއެވެ.
މިހާރުވެސް މި ވޯކްޝޮޕްތަކުން 150 އަށްވުރެ ކަނބަލުން ތަމްރީނުކޮށްފިއެވެ. 18 އަހަރުން މަތީގެ ކޮންމެ ކަނބަލަކަށްވެސް މި ވޯކްޝޮޕްތަކުގައި ބައިވެރިވުމުގެ ފުރުސަތު އޮތްއިރު، މިއީ މުޅިން ހިލޭ ކުރިއަށްގެންދާ ވޯކްޝޮޕެކެވެ.
މި ވޯކްޝޮޕްގައި ބައިވެރިވުމަށް ޖެހޭނީ ފޯމެއް ފުރާށެވެ. އެ ފޯމް ސްޓެލްކޯ ކައުންޓަރުންނާއި، ވެބްސައިޓުންވެސް ލިބެން ހުންނާނެއެވެ. 18 އަހަރު ފުރިފައިވާ ކޮންމެ ކަނބަލަކަށްވެސް މި ވޯކްޝޮޕްތަކުގައި ބައިވެރިވުމުގެ ފުރުސަތު އެބައޮތެވެ.
މީގެ ކުރިންވެސް ސްޓެލްކޯއިން ހިންގި މިފަދަ ވޯކްޝޮޕްތަކަށް ކަނބަލުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބިގެންދިޔަކަން ފާހަގަކޮށްލަން ޖެހެއެވެ.
ކަރަންޓުގެ މައްސަލަތައް ހައްލުކޮށްދޭން ސްޓެލްކޯއިން ކަނބަލުންނަށް ދަސްކޮށްދެނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ