ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމްގެ އިބްރާހިމްގެ މައްޗަށް އުފުލާފައިވާ ރިޝްވަތު ހުށަހެޅުމުގެ ދައުވާގައި މިއަދު ހުލާސާ ބަޔާން އިއްވުމަށް އަޑުއެހުމެއް ތާވަލުކޮށްފި އެވެ.
ސިއްރުން ކުރިއަށް ގެންދާ މި މައްސަލާގައި އިއްޔެ ވެސް އަޑުއެހުމެއް ބޭއްވި އެވެ. އަދި މިއަދު ހެނދުނު ވެސް އަޑުއެހުމެއް ބާއްވައި އެންމެ ފަހު އަޑުއެހުން ކަމަށްވާ ހުލާސާ ބަޔާން އިއްވާ އަޑުއެހުން މިއަދު މެންދުރުފަހު 2:30 އަށް ވަނީ ތާވަލުކޮށްފަ އެވެ.
މައްސަލަ ކުރިއަށް ގެންދަނީ ސިއްރުން ކަމުން އަޑުއެހުމުގައި ހިނގާ ކަންކަމުގެ ތަފްސީލެއް ނުލިބެ އެވެ. ނަމަވެސް އިއްޔެގެ އަޑުއެހުމުގައި ފޮރެންސިކް ދެ ފުލުހެއްގެ ހެކި ބަސް ގާސިމްއާ ދެކޮޅަށް ނަގާފައިވެ އެވެ.
ގާސިމްގެ މައްޗަށް މީގެކުރިން ރިޝްވަތުގެ ތިން ދައުވާއެއް ކުރި ނަމަވެސް މިހާރު ކުރަނީ ރިޝްވަރު ހުށަހެޅުމުގެ ދައުވާ އެކަންޏެވެ. ދައުވާ ސާބިތުވެއްޖެނަމަ ގާސިމްގެ މައްޗަށް ތިން އަހަރާއި ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެއް އަންނާނެ އެވެ.
ގާސިމް މައްސަލާގެ ހުލާސާ ބަޔާން މިއަދު އިއްވަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ