އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ މެމްބަރު އައްޝައިހް މުޙައްމަދު ދީދީ ޕީޕީއެމްއަށް ސޮއި ކުރައްވައިފިއެވެ.
ޝައިޚް މުހައްމަދު ދީދީ ޕީޕީއެމް އަށް ސޮއިކުރެއްވީ ރޭ ޕީޕީއެމް އޮފީހުގައި ބޭއްވި ހާއްސަ ރަސްމިޔާތެއްގައި އެވެ.
ޕީީޕީއެމްއިން ރޭ ބޭއްވި ބައްދަލުވުމުގައި ވަނީ ށ.ފީވަކު އެމްޑީޕީ ދާއިރާގެ ރައީސް ހަސަން ޒުހުރީ އާއި މިލަންދޫ ދާއިރާގެ އެކި ރަށްރަށުން 106 މީހަކު ޕީޕީއެމަށް ސޮއިކޮށްފައި ކަމަށް އެ ޕާޓީން ބުނެ އެވެ.
ޕީޕީއެމް އޮފީހުގައި ރޭ އޮތް ރަސްމިއްޔާތެއްގައި ޕާޓީއާއި އަލަށް ގުޅުނު ފަރާތްތަކުގެ ފޯމާ ހަވާލުވެވަޑައިގަތީ އެޕާޓީގެ މުސްތަޝާރު އަދި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމެވެ.
ރޭ ޕީޕީއެމް އަށް ސޮއި ކުރެއްވެވި ޝައިޚް މުޙައްމަދު ދީދީ ވަނީ ކުރިން މި ސަރުކާރުގައި އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަންވެސް ކުރައްވާފައިވެވެ.
ނަމަވެސް ސަރުކާރުން ހިންގާ ކޮރަޕްޝަނާއި ވައްކަމާއި ފަސާދައިގެ އަމަލުތަކުގެ ސަބަބުން ކަމަށް ބުނެ ޢަދާލަތު ޕާޓީން ސަރުކާރު ކޯލިޝަނުން ވަކިވުމުން ޝައިޚް މުހައްމަދު ދީދީވަނީ ސްޓޭޓް މިނިސްޓަރުކަމުން އިސްތިއުފާ ދެއްވާފައެވެ.
ޝައިޚް މުހައްމަދު ދީދީއަކީ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރާއި ދެކޮޅަށް މަސައްކަތްކުރި މަދަނީ އިއްތިހާދުގެ ރައީސް ކަން ވެސް ކުރެއްވި ބޭފުޅާއެވެ.
މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ޕީޕީއެމުން ވާދަކުރައްވާ ބޭފުޅަކީ ރައީސް އަބްދުﷲ ޔާމީން ކަމަށް އެ ޕާޓީގެ ކައުންސިލުން ނިންމާފައިވާއިރު އެމަނިކުފާނު ގެންދަވަނީ ވަރަށް ކުރިއްސުރެ ފެށިގެން މި އަހަރުގެ ރިޔާސީ އިންތިޚާބުގެ ކެމްޕެއިން ކުރައްވަމުންނެވެ.
އަދާލަތުގެ އިލްމުވެރިންގެ މަޖިލީހުގެ މެމްބަރު މުޙައްމަދު ދީދީ ޕީޕީއެމް އަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ