ރައްޔިތުންގެ މަޖިލީޙުގެ ގޮނޑިއާއިމެދު ޝައްކު އުފެދިފައިވާ 12 މެމްބަރުންގެ ތެރެއިން ހަތަރު މެމްބަރެއްގެ ގޮނޑީގެ މައްސަލައިގެ އަޑުއެހުންތައް ސުޕްރީމް ކޯޓުގައި ތާވަލުކޮށްފިއެވެ.
ތާވަލު ކޮށްފައިވަނީ ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ އާއި ހަނިމާދޫ ދާއިރާގެ މެމްބަރު ހުސެއިން ޝަހުދީ އާއި ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު އަލީ ޝާހް އާއި އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ (މުހައްމާ)ގެ ގޮނޑީގެ މައްސަލަތަކުގެ އަޑުއެހުންތަކެވެ.
ވަކި ވަކިން މި އަޑުއެހުންތައް ތާވަލުކޮށްފައިވަނީ މާދަމައާއި އަނެއް ދުވަހަށެވެ. އެގޮތުން މާދަމައަށް ތާވަލުކޮށްފައިވަނީ ޝާހް އާއި މުސްތޮފާގެ މައްސަލައިގެ އަޑުއެހުންތަކެވެ. އަނެއް ދުވަހަށް ތާވަލުކޮށްފައިވަނީ މުހައްމާ އާއި ޝަހުދީގެ ގޮނޑީގެ މައްސަލައިގެ އަޑުއެހުމެވެ.
މި ހަތަރު މެމްބަރުންގެ ގޮނޑީގެ މައްސަލައިގެ އަޑުއެހުންތައް މާދަމާ އަދި އަނެއް ދުވަހަށް ތާވަލުކޮށްފައިވާއިރު 12 މެމްބަރުންގެ ތެރެއިން ހަތަރު މެމްބަރެއްގެ ގޮނޑި ނުގެއްލޭކަމަށް ސުޕްރީމް ކޯޓުން މިހާތަނަށް ހުކުމް ކޮށްފައިވެއެވެ. އަދި ހަތަރު މެމްބަރެއްގެ މައްސަލައިގެ އަޑުއެހުންތައް ނިންމާލާފައިވެއެވެ.
ހަތަރު މެމްބަރެއްގެ ގޮނޑީގެ މައްސަލައިގެ އަޑުއެހުން ސުޕްރީމް ކޯޓުގައި ތާވަލުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ