ރާއްޖޭގައި ހިންގި އެންމެ ބޮޑު ކަރޮޕްޝަން ކަމުގައިވާ އެމްއެމްޕީއާރުސީގެ މައްސަލާގައި ހިމެނޭ އެސްއޯއެފް ކުންފުނީގެ މައުލޫމާތުތައް ގާސިމް އަބްދުލްކަރީމް އާއްމުންނާއި ހިއްސާކޮސްފައި ވަނީ ގާނޫނު ތަކާއި ހިލާފަށް ކަމަށް ބުނެ ބޭންކު އޮފް މޯލްޑިވްސްއިން އެކުންފުނީގެ ސްޓާފުންނަށް މައުލޫމާތު ދީފިއެވެ.
އެކުންފުނީގެ މުވައްޒަފުންނަށް އިއްޔެ ފޮނުވާފައިވާ 2 ސަފްހާގެ ލިއުމުގައި ބުނެފައި ވަނީ ގާސިމް އެމައުލޫމާތުތައް ލީކުކޮށްލާފައި ވަނީ އެ މައުލޫމާތުތައް އެ އިދާރާއިން ދޭން ޖެހޭ ފަރާތްތަކަށް ދީފައި ވަނިކޮށް ކަމަށެވެ.
އެމްއެމްޕީއާރްސީގެ ހިޔާނާތާ ގުޅޭ ގޮތުން ބީއެމްއެލް އިން ވަނީ އޮޑިޓާ ޖެނެރަލްގެ އޮފީހަށާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށާއި ފުލުހުންނަށް 2015 ވަނަ އަހަރުގެ ތެރޭގައި އެ މައުލޫމާތު ދީފައިކަމަށާއި، ގާސިމް އެ މައުލޫމާތުތައް ލީކްކޮށްލީ 2016 ވަނަ އަހަރު ފެބުރުއަރީގައި އޭގެ މާ ފަހުން ކަމަށްވެސް ބޭންކުން ބުނެފައިވެއެވެ.
ބޭންކުން މުވައްޒަފުންނަށް ފޮނުވި އިންޓާނަލް މެމޯގައި ބުނީ ގާނޫނު ބުނާގޮތުން ބޭންކުގެ އެއްވެސް މުވައްޒަފަކަށް އެތަނުގެ ކަސްޓަމަރަކާއި ބެހޭ އެއްވެސް މައުލޫމާތެއް ދެވޭނީ ތަހްގީގީ އިދާރާއަކަށެވެ. އެހެންނަމަވެސް އެ މައުލޫމާތު ގާސިމް ބޭންކުގެ މުވައްޒަފުންނަށާއި އެހެން ބައެއް ފަރާތްތަކަށް 2016 ފެބުރުއަރީ 14 ވަނަ ދުވަހު ފޮނުވީ ގާނޫނާއި ހިލާފަށް ކަމަށައި ބޭންކުގައި މަސައްކަތް ކޮށްފައިވާ މުވައްޒަފަކަށްވެސް އެކަން އެގޮތަށް ނުކުރެވޭނެ ކަމަސް ވަނީ ބުނެފައެވެ.
ބީއެމްއެލްގެ ފ. ނިލަންދޫ ބްރާންޗްގެ ކުރީގެ އެސިސްޓަންޓް މެނޭޖަރު ގާސިމްގެ މައްޗަށް ސާބިތުވެފައި ވަނީ ހުއްދަ ނޫން ގޮތުގައި މައުލޫމާތު ހޯދުމުގެ ކުށާއި ހުއްދަ ނޫން ގޮތުގައި މައުލޫމާތު އާންމުކުރުމުގެ ކުށެވެ. އެ މައްސަލާގައި އޭނާގެ މައްޗަށް އަށް މަހާއި 12 ދުވަހުގެ ޖަލު ހުކުމެއްް ގާސިމްގެ މައްޗަށް ސިއްރު ޝަރީއަތަކުން އިއްވި އިރު އެއަށްވުރެ ގިނަ ދުވަހު އޭނާ ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓެވެ.
އެސްއޯއެފްގެ މައުލޫމާތު ގާސިމް ހާމަކުރީ ގާނޫނާއި ހިލާފަށް: ބީއެމްއެލް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ