ޖަލަށްލާފައިވާ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ގެއަށް ބަދަލު ކުރުމަށް މެޑިކަލް ބޯޑުން ނިންމައި އާއިލާއަށް އެންގުމުންވެސް ގެއަށް ބަދަލުކުރުން ލަސްވާ ސަބަބު އޮޅުން ފިލުވުމަށް މައުމޫންގެ އަނބިކަބަލުން ނަސްރީނާ އިބްރާހިމް ކަރެކްޝަން ސާވިސްއަށް ވަޑައިގަންނަވަން ނިންމަވައިފިއެވެ.
މައުމޫނަށް ތާއިދު ކުރާ "މައުމޫން ރީޕޯމް މޫވްމެންޓު" އޮފިޝަލަކު ވިދާޅުވީ މިއަދު ހެނދުނު 9:30ގައި ނަސްރީނާ ކަރެކްޝަނަށް ވަޑައިގަތުމަށް ހަމަޖެހިފައިވާ ކަމަށެވެ.
އަދުލު އިންސާފު ގާއިމް ކުރުމަށް ހުރަސް އެޅުމުގެ ކުށް ސާބިތުވެ 1 އަހަރާއި 7 މަހާއި 6 ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން އަންނަ ކުރީގެ ރައީސް މައުމޫންގެ ސިއްހީ ހާލުކޮޅު ވަރަށް ބޮޑަށް ދެރަވެ، އެމަނިކުފާން އެކަނި ނުބެހެއްޓުމަށް ޑޮކްޓަރުން ވަނީ އިރުޝާދު ދެއްވާފައެވެ.
އުމުރުފުޅުން 82 އަހަރުގެ މައުމޫނު ދަނީ "ބިނައިން ޕެރޮކްސިމަލް ޕޮޒިޝަނަލް ވަރިޓިގޯ" ބަލި ތަހައްމަލު ކުރައްވަމުންނެވެ.
މައުމޫން ގެއަށް ބަދަލު ނުކުރުމުން ނަސްރީނާ ކަރެކްޝަނަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ