ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އެޑްވައިޒަރު އަދި ކުރީގެ ކާށިދޫ ދާއިރާގެ މެންބަރ އަބްދުﷲ ޖާބިރުގެ އިކޮނޮމިކް މިނިސްޓަރުކަމުގެ ދަށުން ޖަޒީރާ ރާއްޖޭގެ ރައްޔިތުން ރަނުން ޖަރީކޮށްލަދޭނެ ކަމަށް އޭނާ ވިދާޅުވެއްޖެއެވެ.
މިހެން ޖާބިރު ވިދާޅުވީ އޭނާ ކުރެއްވި ޓުވީޓެއްގައެވެ. ޓްވީޓުގައި ޖާބިރު ވިދާޅުވީ އޭނާގެ އިކޮނޮމިކް މިނިސްޓަރުކަމުގެ ދަށުން ޖަޒީރާ ރާއްޖޭގެ ރައްޔިތުން ރަނުން ޖަރީކޮށްލަދޭނެ ކަމަށާއި ޑޮލަރުގެ އަގު ދަށްކޮށް ރާއްޖޭގެ ރައްޔިތުން ޑޮލަރަށް ސަލާން ޖަހަން ނުޖެހޭ އުފާވެރި ދުވަސްތަކެއް އަންނާނެ ކަމަށެވެ. އަދި އޭރުން ރާއްޖޭގެ ރައްޔިތުން އުޅޭނީ ފަސް ތަރީގެ ފެންވަރުގައި ކަމަށްވެސް ޖާބިރު ވިދާޅުވިއެވެ.
"އަޅުގަނޑުގެ އިކޮޮމިކް މިނިސްޓަރ ކަމުގެ ދަށުން ޖަޒީރާ ރާއްޖޭގެ ރައްޔިތުން ރަނުން ޖަރީކޮށްލާނަން. އަދި ޑޮލަރުގެ އަގު ދަށްކޮށް ރާއްޖޭގެ ރައްޔިތުން ޑޮލަރަށް ސަލާން ޖަހަމް ނުޖެހޭ އުފާވެރި ދުވަސްތަކެއް އަންނާނެ! ރާއްޖޭގެ ރައްޔިތުން އުޅޭނީ ފަސްތަރީގެ ފެންވަރުގައި" ޖާބިރު ވިދާޅުވިއެވެ.
ޖާބިރު ގެންދަވަނީ އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އެކުލަވާލައްވާ ސަރުކާރުގައި އިކޮނަމިކް މިނިސްޓަރުގެ މަގާމު ހޯއްދެވުމަށް ލޮބީ ކުރައްވަމުންނެވެ. ފާއިތުވި ދެތިން އަހަރު ޖާބިރު ވަނީ އިދިކޮޅު ފަރާތްތަކުގެ ސިޔާސީ ހަރަކާތްތަކަށް ބޮޑެތި ޚަރަދުތަކެއް ކުރައްވާފައި ކަމަށް ބައެއް މީހުން ބުނެއެވެ. އެހެންކަމުން ޖާބިރު ބޭނުންފުޅު ކޮންމެ މަގާމެއް އޭނާ އަށް އިބޫގެ ސަރުކާރުން ދެއްވުން އެކަށީގެންވެއެވެ.
މަޝްހޫރު ވިޔަފާރިވެރިޔާ އަދި ޔޮޓް ޓުއާޒްގެ ޗެއާމަން ޖާބިރު ރާއްޖެއިން ބޭރުގައި ދިރިއުޅުއްވުމަށް ފަހު ރާއްޖެ ވަޑައިގެންނެވީ މިމަހުގެ ހަ ވަނަ ދުވަހުގައެވެ.
އަޅުގަނޑުގެ އިކޮނޮމިކް މިނިސްޓަރު ކަމުގައި ރައްޔިތުން ރަނުން ޖަރީކޮށްދޭނަން - ޖާބިރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ