ހަފްތާ ބަންދުގެ ކުރިން މޫސުން ރަނގަޅު ވާނެ: މެޓް

ކުރިއަށް މިއޮތް ތިން ދުވަހު ވެސް ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަކުރާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނެފިއެވެ.
ވީނިއުސްއާ ވާހަކަ ދައްކަމުން މެޓް އޮފީހުގެ އޮފިޝަލު ބުނީ، ރާއްޖެއަށް މިހާރު ކުރަމުން މިދާ ވިއްސާރައަކީ ރާއްޖެ މަތީގައި އުފެދިފައިވާ ލޯ ޕްރެޝަރެއްގެ ސަބަބުން ކުރާ ވިއްސާރައެއް ކަމަށާއި މި ވިއްސާރަ ކުރިއަށް އޮތް ތިން ދުވަހު ވެސް ރާއްޖޭގެ އެކި ހިސާބުތަކަށް ކުރާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.
މެޓް އޮފީހުން ބުނީ، ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ މޫސުން ކުރިއަށް ލަފާކުރާގޮތަށް ބާލާއިރު އުތުރާއި މެދުތެރޭ އެކިހިސާބަށް ވިއްސާރަކުރަކޮށް ގުގުރުން އެކަށީގެންވާ ކަމަށާއި މެންދުރުފަހުން ދެކުނު އަތޮޅުތަކަށްވެސް ވިއްސާރަކޮށް ގުގުރުންވެސް އެކަށީގެންވާ ކަމަށެވެ. އަދި ވައިޖެހޭނީ ހުޅަނގާއި ހުޅަނގުއުތުރުން، މެދުތެރޭ އަތޮޅުތަކަށް ގަޑިއަކު 13 މޭލާއި 23 މޭލު ދެމެދުގެ ބާރުމިނުގައި ކަމަށާއި އެހެންހިސާބުތަކަށް ގަޑިއަކު 08 މޭލާ 18 މޭލާ ދެމެދުގެބާރުމިނުގައި ކަމަށް ވެސް މެޓް އޮފީހުން މައުލުމާތު ދެއެވެ.
މީގެ އިތުރުން މެޓް އޮފީހުން ބުނީ، ކުރިއަށް އޮތް 24 ގަޑިއިރުގެ ތެރޭ ވިލާގަނޑުގައި ގަޑިއަކު ގާތްގަޑަކަށް 40 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށާއި މެދުތެރޭގެ ކަނޑުތަށް ގަދަވެފައި ދެކުނާއި އުތުރުގެ ކަނޑުތަށް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ