ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ވަހީދު ހަސަން ދެންމެ މުލީއާގޭގައި ބައްދަލުކުރައްވައިފި އެވެ.
އެ ދެބޭފުޅުން ބައްދަލު ކުރެއްވީ ކޮން ބޭނުން ފުޅެއްގައިކަން އެއްވެސް ފަރާތަކުން ހާމަކުރައްވާފައެއް ނުވެ އެވެ.
އެކަމާ ގުޅޭގޮތުން މައުލޫމާތު ސާފުކުރުމަށް ރައީސް އޮފީހަށް "ސަން"އިން ގުޅުމުން އެ ބައްދަލުމާ ގުޅޭ ގޮތުން އެއްވެސް މައުލޫމާތެއް ދީފައެއް ނުވެ އެވެ.
ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ނަތީޖާއާ ދޭތެރޭގައި ސުޕްރީމް ކޯޓުން ގޮތެއް ނިންމުމުގެ ކުރިން ރައީސް ވަހީދު ވަނީ މުލީއާގޭގައި މީގެ ކުރިން ކުރީގެ ރައީސް މުޙައްމަދު ނަޝީދާ ވެސް ބައްދަލު ކުރައްވާފަ އެވެ.
އަދި ސުޕްރީމް ކޯޓުން ރިޔާސީ އިންތިޚާބުގެ ނަތީޖާ ބާތިލު ކުރި ފަހުން އަލުން ބާއްވާ އިންތިހާބުގެ ފުރަތަމަ ބުރުގައި ރައީސް ވަހީދު ވާދަކުރައްވާނޭ ކަން ނުވަތަ ނޫންކަން ވިދާޅުވެފައި ނުވާ އިރު ޕީޕީއެމް އިން ކުރިން ބުނެފައި ވަނީ އެ ޕާޓީއާ އެކު ދެވަނަ ބުރުގައި މަސައްކަތްޕުޅު ކުރެއްވުމަށް ރައީސް ވަހީދު ނިންމަވާފައިވާ ކަމަށެވެ. ނަމަވެސް އެކަން ވަހީދުގެ ފަރާތުން ވަނީ ކަށަވަރު ނުވެފަ އެވެ.
މައުމޫން މުލީއާގޭގައި ރައީސް ވަހީދާ ބައްދަލުކުރައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ