އެމްއާރުއެމްގެ އިންތިގާލީ ރައީސަކަށް މައުމޫން ހޮވިއްޖެ

ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމް އިސްކޮށް ހުންނަވައިގެން އުފެއްދި މޯލްޑިވްސް ރިފޯމް މޫވްމެންޓް (އެމްއާރުއެމް) ގެ އިންތިގާލީ ރައީސަކަށް މައުމޫން ހޮވައިފިއެވެ.އެ ޕާޓީ ރެޖިސްޓަރ ކުރަން މިރޭ ބޭއްވި ޖަލްސާގައި ނެގި ފެންނަ ނުފެންނަ ވޯޓަކުން ރައީސް މައުމޫން ވަނީ އެ މަޤާމަށް ހޮވިފައެވެ. މިރޭގެ ޖަލްސާގައި ޕާޓީގެ ލޯގޯ އާއި އަސާސީ ޤަވާއިދުވެސް ވަނީ ފާސްކުރެވިފައެވެ. މީގެ އިތުރުން ޕާތީގެ އެގްޒެކެޓިވް ކޮމިޓީއަށް 20 މެމްބަރުން، ޒުވާނުންގެ ކައުންސިލަށް 30 މެމެބަރުން އަދި އަންހެނުންގެ ކައުންސިލަށް 20 މެމްބަރުން ވަނީ ހޮވާފައެވެ. އެމްއާރުއެމް އުފެއްދުމުގެ ހުއްދަ އެންމެ ފުރަތަމަ އިލެކްޝަންސް އިން ދިނީ ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ.އިބްރާހިމް ހަސަނަށެވެ. ނަމަވެސް އެ ހުއްދަ ދިންތާ ގިނަ ދުވަސްތަކެއް ވީއިރުވެސް އެ ޕާރޓީ ރަޖިސްޓަރ ވާވަރަށް މީހުން ހަމައެއް ނުކުރެވުނެވެ. އެހެން ކަމުން އަލުން އާ ހުއްދައެއް ރައީސް މައުމޫނުގެ ދަރިކަނބަލުން އަދި މިނިސްޓަރ އޮފް ކަލްޗަރ އެންޑް އާރޓްސް ޔުމްނާ މައުމޫނަށް ވަނީ ދޫކޮށްފައެވެ. ޔުމްނާ މައުމޫނަށް މި ހުއްދަ ދިނީ މޭއި 27 ވަނަ ދުވަހުގައެވެ.މިދިޔަ ރިޔާސީ އިންތިހާބުގައި އެމްއާރުއެމް ހަރަކާތްތެރިވީ މައުމޫން ރިފޯރމް މޫވެމެންޓްގެ ނަމުގައެވެ. އިންތިހާހަބަށް ފަހު ޕީޕީއެމް ހޯދުމަށް ރައީސް މައުމޫންގެ ފަރާތުން ކޯޓަށް ހުށަހެޅި މައްސަލަ ނާކާމިޔާބު ވުމުން، މޯލްޑިވްސް ރިފޯރމް މޫވްމެންޓްގެ ނަމުގައި ޕާރޓީއެއް ހަދަން އެމަނިކުފާނަށް ތާއީދު ކުރައްވާ ފަރާތްތަކުން ނިންމިއެވެއެމްއާރްއެމަށް ބޭނުންވާ މެންބަރުންގެ އަދަދު ހަމަކޮށް އިލެކްޝަންސް އަށް ހުށަހެޅީ ފާއިތުވި އޯގަސްޓް މަހުގެ 22 ވަނަ ދުވަހުއެވެ. އެމްއާރުއެމް މިއީ ރައީސް މައުމޫން އިސްވެ ހުންނަވައި އުފައްދަވާ 3 ވަނަ ސިޔާސީ ޕާޓީއެވެ. މިރޭ ބޭއްވި ޖަލްސާއަށް 300 މެމްބަރުން ހާޒިރު ނުވެގެން ޖަލްސާ ފެށުނީ ވަރަށް ލަސްވިފަހުންނެވެ. އަދި ޖަލްސާ ފެށުނު އިރުވެސް 300 މީހުން ހަމަނުވާކަމަށް ބައެއް ފަރާތްތަކުން މައުލޫމާތުދިނެވެ. 
މިލިޔުން ކިޔާލުމުން
40 %
އުފާވި
0 %
ދެރަވި
60 %
ރުޅިއައި
0 %
މައުލޫމާތު މުއްސަނދިވި
ކިޔުންތެރިންގެ ހިޔާލު
ފޮނުވާ
ާމާހިރު
މައުމޫނަށް ރަޢްޔިތުންގެ ސަޕޯޓެއް ނެތް. މީގެ ހެއް ކަކކ ކަކ ކީ ރައްޔިތުން މަޖިލިސް އިންތިޚާބުގައި އެންމެ ގޮޑިއެއްވެސް ނުލިބުން. މައުމޫނުގެ ސަބަބުން ޕީޕީއެމްއަށް ލިބެންވާ ވޯޓްތައް ގެއްލެނީ. މިހެންވުމުން ފައިދާ ކުރަނީ އެމްޑީޕީއަށް. މައުމޫނު ފި ކުރު މިހާރު އޮތީ ތާރީޚުގެ ޑަސްބިން ގައި. ފިތުނަވެރި ކަމަށް މަގު ކޮށާ ބައިބައި ކުރާ ފި ކުރެއް ގޮތުގައި. ޔާމީން ޖަލައް ލިޔަސް ވޯޓެއް ނުލިބޭނެ
REPLY
އިންސާނާ
މިނާ މިހާރުބަލާ ހުވަފެނަކީ މީނަގެ ސޮރައް ވެރިކަން ލިބޭނެ ފޯމިއުލާއެއް ހީއެއްނުވޭ ތިޔަ ހުވަފެން ހަގީގަތަކަށްވާނެހެން
REPLY
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ