މަސްތުވާތަކެތީގެ ވަބާގައި ޖެހިގައި ތިބި ދިވެހިން ސަލާމަތް ކުރެވޭނީ އިސްލާމް ދީނާ ކައިރިއަށް ޖެހިގެން ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
އުމަރު ފޭސްބުކްގައި ޝެއާ ކޮށްފައިވާ ޕޯސްޓެއްގައި ވިދާޅުވީ، މަސްތުވާތަކެތި ބޭނުން ކުރާ ފަރާތްތަކުން އެކަމުން ސަލާމަތް ކުރެވުން އޮތީ އިސްލާމް ދީނުގައި ގަދައަށް ހިފަހައްޓުވައިގެން ކަމަށެވެ.
”އިސްލާމް ދީނާއި ކައިރިޔަށް ދިވެހިން ޖެހިގެން މެނުވީ މިފަދަ ބޮޑެތި މައްސަލަ ތަކަށް ހައްލެއް ނެތް.” މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތް ކުރާ ދުވަހާ ގުޅިގެން އުމަރު ނަސީރު ލިޔުއްވި ޕޯސްޓްގައި ބުނެފައިވެއެވެ.
އުމަރު ވިދާޅުވީ އިސްލާމް ދީނުގައި ގަދައަށް ހިފަހައްޓުވައިގެން މެނުވީ މިފަދަ ފަރާތްތަލުން ސަލާމަތް ނުކުރެވޭނެ ކަމަށާއި އެއީ މިހާރު ދިރާސާތަކުން އެނގި ސާބިތުވެފައި އޮތް ކަމެއް ކަމަށް ކަމުގައެވެ.
މީގެ އިތުރުންވެސް އުމަރު ވިދާޅުވީ، ހުޅަނގުން ބޭނުންކުރަމުންދިޔަ ފަރުވާތަކަކީ އަގުބޮޑު، ދެމެހެއްޓެނިވި އެއްޗެއް ނޫންކަން މިހާރު ވަނީ ސާބިތުވެފައި ކަމަށެވެ.
އުމަރު ނަސީރު މިފަދައިން ވިދާޅުވެފައިވަނީ ނޭޝަނަލް ޑްރަގް އެޖެންސީ އިންދޭ ހިދުމަތްތައް ފުޅާކޮށް، އެ އެޖެންސީ ހިންގާ އިމާރާތް ހުޅުމާލެއަށް ބަދަލު ކުރުމަށް ނިންމާފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެފައި ވަނިކޮށެވެ.
މަސްތުވާތަކެތިން ސަލާމަތްވެވޭނީ އިސްލާމްދީނާއި ކައިރިއަށް ޖެހިގެން - އުމަރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ