މިއަދުވެސް ރާއްޖޭގެ ބޮޑުބަޔަކަށް މޫސުން ގޯސްވާނެ

މިއަދުވެސް ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކުރާނެކަމަށް މޫސުމާއިބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއްޖެއެވެ.
މޫސުން ގޯސްވާނޭކަމަށް ލަފާކޮށް މޫސުމާއިބެހޭ ޤައުމީ އިދާރާއިން ވަނީ ވިދާޅުވީ ހއ.އަތޮޅުން ފެށިގެން ދ.އަތޮޅުގެ ރަށްތަކަށް ވައިޓް އެލާޓް ނެރެފައެވެ. މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ މިއަދު ހެނދުނު 8:00 އިން ފެށިގެން 14:00އާއި ހަމައަށް އެ ސަރަޙައްދުތަކަށް ގުގުރުމާއިއެކު ބޯކޮށް ވާރޭވެހޭނެކަމަށް ލަފާކުރާކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ބުނެއެވެ.
މި ދުވަސްވަރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައަކީ ދެމޫސުން ބެދޭ ދުވަސްވަރާއި ދިމާކޮށް ކުރަމުންދާ ވިއްސާރައެކެވެ. އަދި ވައިގަދަވެ މޫސުން ގޯސްވާ ވަގުތުތަކުގައި މޫސުމަށް ސަމާލްވުމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ. އެގޮތުން ކަނޑުދަތުރުކުރާ ފަރާތްތަކުން ކަނޑުމައްޗަށް ނުކުންނައިރު މުސުމާބެހޭ މަޢުލުމާތު ހޯދައިގެން ދަތުރަށް ނިކުތުމަށް ވަނީ އިލްތިމާސްކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ