މަކުނުދޫގައި ކާޑު ހުސްވެ ރައްޔިތުން ހާލުގައި ޖެހެނީ!

ދ.މަކުނުދޫގައި ކާޑު އެއްކޮށް ހުސްވެ، ފިހާރަތަކުން ކާޑު ވިއްކާ މިންވަރު ލިމިޓްކޮށްފިއެވެ.
މަކުނުދޫ ކައުންސިލުން މައުލޫމާތު ދެއްވި ގޮތުގައި ކާޑުގެ ބާވަތްތަށް ހުސްވެފައިވަނީ މި ރޯދަ މަހު އެރަށުން މާލެ ދަތުރުކުރާ ބޯޓު ދަތުރުކުރުން ހުއްޓާލުމާއި ގުޅިގެންނެވެ. މީގެ އިތުރުން އެރަށު މަސްދޯނި ފަހަރުގައިވެސް ކާޑު އުފުލޭގޮތް ނުވުމުން ކަމުގައި މައުލޫމާތު ލިބުނެވެ.
މަކުނުދޫ ކައުންސިލް މެމްބަރ އިބްރާހިމް ވަހީދު ވިދާޅުވި ގޮތުގައި މިވަގުތު އެ ރަށުންވަނީ ހަނޑޫ ހަމަ އެއްކޮށް ހުސްވެފައި ކަމަށެވެ. ހަމަ މިއާއެކު މަކަނަދޫ އިންވަނީ ކައްކާ ގޭސް ވެސް ހުސްވެފައިކަމަށް މައުލޫމާތު ލިބުނެވެ.
އިބްރާހީމް ވަހީދު ވިދާޅުވެފައިވާ ގޮތުގައި މިކަން މިހެން ވެފައި މިވަނީ އެރަށުން މާލެއަށް ދަތުރުކުރަން އޮންނަނީ އެންމެ ދޯއްޏެއް ކަމަށްވާތީއެވެ. ނަަމަވެސް މިހާރު ވަނީ އެސްޓީއޯ މެދުވެރިކޮށް ކާބޯ ތަކެތި ކުޅުދުއްފުށިން ލިބޭނޭ އިންތިޒާމެއް ހަމަޖެހިފައިވާ ކަމަށާއި މާލެއިން މަކުނުދޫއަށް ކާޑު ބަލާ ދާނެ ދޯންޏެއް ހަމަޖައްސަވަމުން ގެންދަވާކަމަށެވެ.
މަކުނުދޫއިން ވަނީ މިދިޔަ އަހަރުގެ މެދުތެރޭގައި ވެސް ކާޑަށް ޖެހި ޑިޒާސްޓަރ މެނޭޖްމަންޓްގެ އެހީއަށް އެދިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ