ވައްކަން އިތުރުވަނީ ސެކިޔުރިޓީ ކެމެރާ މަދުވުމުން: ދުބާއީ ރައްޔިތުން

ދުބާއީގައި ވައްކަން ކުރުން އިތުރުވަނީ ސެކިޔުރިޓީ ކެމެރާ މަދުވުމުން ކަމަށް ދުބާއީގެ ގިނަ އަދަދެއްގެ ރައްޔިތުން ބުނެފިއެވެ.
ރައްޔިތުންގެ ފަރާތުން މިކަން ހާމަކުރީ ދުބާއީ ފުލުހުންގެ އިސްވެރިން، ރައްޔިތުންނާއި ބައްދަލުކޮށް ރައްޔިތުންގެ ކަންބޮޑުވުންތައް އަޑުއެހުމަށް އާދީއްތަ ދުވަހު ބޭއްވި ޢާންމު ބައްދަލުވުމުގައެވެ.
އެކަކު ބުނީ އޭނާގެ ގެއަށް ވަގުން ވަދެ ގޭގައި ހުރި ހުރިހައި ފައިސާއަކާއި ގަހަނާތައް ވަގަށް ނަގާފައިވާ ކަމަށެވެ. އަދި އޭނާ ދިރިއުޅޭ ސަރަހައްދުގައި ހުންނަނީ އެންމެ 2 ކެމެރާ ކަމަށާއި އެއިން ނުފުދޭ ކަމަށެވެ. ވަގުންނަށް ފުރުޞަތު ލިބެނީ އެމީހުން އަތުލައިގެނެވޭނެ ނިޒާމުތައް ފުލުހުން ޤާއިމުނުކުރާތީ ކަމަށެވެ.
މަގުމަތީގެ އެކްސިޑެންޓްތައް އިތުރުވެ ގިނަ ބައަކު މަރުވަމުންދާ މައްސަލަވެސް ބައެއް ރައްޔިތުން ވަނީ ހުށަހަޅައިފައެވެ.
ގިނަބައަކު ބުނެފައިވަނީ ޑްރައިވިންގ ލައިސަންްސް ދޫކުރާ އުމުރު މަތިކުރަންޖެހޭ ކަމަށާއި 18 އަަހަރަކީ މާހަގު އުމުރެއް ކަމަށެވެ. ލައިސަންސް ދޫކުރާ އުމުރަކީ 21 އަހަރުކަމަށް ބަދަލުކުރަން މިހާރު ޖެހިފައިވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ