އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަސް ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ނަޒާހަތްތެރިކަމުގެ ސިފަތައް ހުރި ރައްޔިތުން ޤައުމުގައި މަދުކަން ކަމަށް އެސީސީގެ ނައިބް ރައީސް މުޢައްވިޒް ރަޝީދު ވިދާޅުވެއްޖެއެވެ.
ގިރިފުށީގައި މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތުގައި މުޢައްވިޒް ރަޝީދު ވިދާޅުވީ ނަޒާހަތްތެރިކަމުގެ ސިފަ އަށަގެންނެވުމަށް ކުރަންޖެހިފައިވާ ވަރަށް ބުރަ ކަމަށެވެ.
މުޢައްވިޒް ވިދާޅުވީ ޤައުމުގައި ސިފައިން ކުރާ ކޮންމެ ކަމެއްގައިވެސް ސިފައިންނަކީ އަޚްލާޤީ ސިފަތައް ވަރަށް ފުރިހަމައަށް ދައްކަމުން ގެންދާ ބައެއް ކަމަށެވެ. އަދި ވަޒީފާއިން ރިޓަޔަރ ކުރުމަށްފަހުވެސް ސިފައިން ދައްކަމުން ގެންދަނީ ވަރަށް ރިވެތި އަޚްލާޤީ ނަމޫނާ ކަމަށެވެ.
މުޢައްވިޒް ވަނީ ދިވެހި ކޮންމެ ރައްޔިތަކީވެސް އަކްލާޤީ ރިވެތި ނަމުނާ ދައްކައިދީގެން ކުރިއަށްދާ މީހަކަށް އެދިވަޑައިގެންފައެވެ. އަދި އެގޮތަށް އެންމެން މަސައްކަތްކޮށްފި ނަމަ މުޖުތަމައުގައި މިހާރު ހުރި ހުރިހައި ކަންބޮޑުވުންތަކަކުން ސަލާމަތް ވެވޭނެ ކަމަށްވެސް މުޢައްވިޒް ވިދާޅުވިއެވެ.
އެންމެ ބޮޑު ގޮންޖެހުމަކީ ނަޒާހަތްތެރި ކަމުގެ ސިފަ ހުރި ރައްޔިތުން މަދުކަން: އޭސީސީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ